މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރަސްމީ ދަތުރުފުޅެއްގައި ނ. އަތޮޅަށް ވަޑައިގެންފިއެވެ.

މިއަދުން ފެށިގެން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ވަނީ ނ. ލަންދުއަށް ވަޑައިގެން، އެ ރަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެ ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ނ. އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްރަށުގެ ކައުންސިލްތަކާއި އެ އަތޮޅުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމާއި މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސަލީމް

01-Sep-2021

ގަސްގަހުގައި ހުންނަ މާކޮޅާއި ފަތްކޮޅު ބިނދެގެން މި ގޮތަށް ޒިޔާރަތް ކުރާ ކޮންމެ ފަރާތަކަށް އަރުވަންޖެހޭތޯ. ތަރައްގީ ވެފައިވާ ގައުމުތަކުގެ ވެރިން ވަޑައިގަތުމުން ސަލާމަކުން ފުދޭ. މީ ދެން ބޮޑުވަރު. ކޮންމެ އޮފިސަރަކު މާ ބޮޑިއެއް ހިފައިގެން މިނިސްޓަރަށް އަރުވަން. ލަދުން ބޯ ހަލާކު. ކޮށްފައި ނުކުރާނެ ކަމެއް ނޭގިގެން އުޅޭހެން ހީވަނީ. ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ ފެންވަރު ރަންގަޅު ކުރަން ތި ކަމަށް ހޭދަ ކުރި ވަގުތާއި ފައިސާ ހޭދަ ކުރިނަމަ މާރަންގަޅުވީސް. ހަދާން ކުރަންވީ ތިމާމެން މި ތިބީ ރައްޔިތުންގެ ވަޒީފާއެއްގައި ކަން. އަންނަ ވަޒީރެއް ނުވަތަ ސީޕީ އަކު ދޭ މުސާރައެއް ނޫން މަހުން މަހަށް ތި ލިބެނީ. މީގެ މާނައަކީ މިނިސްޓަރާއި ސީ ޕީ އަށް ދޭން ޖެހޭ އިއްޒަތާއި ޝަރަފު އަދި މެހެމާންދާރީ ނުދޭ ވާހަކައެއްނޫން. ހަމައެކަނި ވިސްނުން ރަންގަޅު ކޮށްލަންވީ.



ޓްރެންޑިން