މިމަހުގެ 25 ދުވަހު ރޯޝަނީ ބިލްޑިން ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:13 ހާއިރު ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރިން ގްރޫޕަކުން ވަޅިން ކަރަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޒުވާނާގެ ކަރަށް ވަޅި ހެރުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް އޭނާއަށް ލިބިފައިވާއިރު، އޭނާއަށް އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން