ކޯވިޑް-19 އާއި ގުޅިގެން އައްޑޫސިޓީއަށް ކަންކަން ފުރިހަމަ ކޮށްދިނުމުގައި އައްޑޫސިޓީއަށް ނިސްބަތްވާ މެންބަރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށާއި މެމްބަރުން ތިބީ ނިދާފައި ނޫންކަމަށް ވިދާޅުވެ ނައިފަރުދާއިރާގެ މެންބަރު މަޖިލީހަށް ހުށައެޅުއްވި މައްސަލައިގައި މަޖިލީހުގައި ހިމެނޭ އައްޑޫސިޓީގެ ބައެއް މެންބަރުން މިއަދު ޖަވާބުދާރީވެވަޑައިގެންފިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި "އައްޑުއަތޮޅު މެމްބަރުން ތިބީ ނިދާފައި ނޫން" ކަމަށް ޝަރީފް ވަނީ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ޕީޕީއީ ނެތްކަމަށް މެމްބަރު ޝިޔާމް ވިދާޅުވި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
މި މައްސަލާގައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫގެ މެމްބަރުން ކެނޑިނޭޅި މިކަމުގައި މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ރޭގައިވެސް ހެލްތް މިނިސްޓަރާއި ނައިބު ރައީސް އާއިއެކު އައްޑޫސިޓީއަށް ނިސްބަތްވާ މެމްބަރުން ބައްދަލުވުމެއް ބާއްވާފައިވާކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އައްޑޫގައި ޕީޕީއީ އެބަހުރި ކަމަށެވެ. އަދި އައްޑޫގައި ވެސް ޓެސްޓް ކުރުމަށް މެޝިން އެބަހުރިކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ ބޭނުންވަނީ ކާޓްރިޖްކަމަށެވެ. އަދި ކާޓްރިޖް ލިބުމުން އައްޑޫސިޓީއިން ޓެސްޓް ކުރެވޭނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު