މަނަވަރު ފެތޭއިރުވެސް ބެރު ޖަހާ މީހުން ތިބީ ބެރުންޖަހަންކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަރަށް ތަފާތު ވާހަކައެއް ދައްކަވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމަކީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ބޭފުޅެކެވެ. ނަމަވެސް ބައެއް ފަހަރު ދައްކަވާ ވާހަކަތަކުން އާޒިމް ހުރީ ރައީސް ސާލިހުގެ ފެކްޝަންގައިކަމަށްވެސް ހީވެއެވެ.

އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވާ ބަސްތައް ރަށްދު ކުރެއްވި ބަޔަކަށް ރައްދު ކުރަށްވާފައި ވަނީ ވަރަށް ނުސީދާކޮށެވެ. އެގޮތުން އާޒިމް ވިދާޅުވީ މަނަވަރު ފެތޭއިރުވެސް ބެރުޖަހަޖަހަ ތިބި މީހުން ތިބީ ބެރުޖަހަންކަމަށެވެ. އަދި ކެޕްޓަން ބަހަނާ ނުދައްކާ ހުންނާނެ ބާއޭވެސް އާޒިމް ވިދާޅުވެފައިވެއެވެ. މީގެއިތުރުން މީގެ ހައްލަކީ ބަރުލަމާނީކަމަށްވެސް އާޒިމް ވިދާޅުވެފައިވެއެވެ.



އާޒިމްގެ ޓްވީޓްގައި މަނަވަރުކަމަށް އެ ވިދާޅުވަނީ އެމްޑީޕީއަށްކަމަށްވެސް ވެދާނެއެވެ. ނޫނީ ސަރުކާރަށްވުންވެސް އެކަށީގެންވެއެވެ. އަދި އެވިދާޅުވާ ކެޕްޓަނަކީ ރައީސް ނަޝީދު ނޫނީ ރައީސް ސާލިހުއަށްވުންވެސް އެކަށީގެންވެއެވެ.

ބެލެވޭ ގޮތުގައި އާޒިމް އެ މިސާލު ޖައްސަވަނީ މަޝްހޫރު ޓައިޓޭނިކް ހާދިސާގައި ބޯޓު އަޑިއަށް ޘިޔައިރުވެސް އޮކެސްޓްރާ ބޭންޑް ހުއްޓުމެއްނެތި ކުޅެމުން ދިޔަގޮތަށް މިސަރުކާރު ނުވަތަ އެމްޑީޕީ ރޫޅެމުންދާއިރުވެސް ދެ ރައީސުން އެހެން ކަމެއްގައި އުޅުއްވާ ވާހަކަ އެވެ.

ނަމަވެސް އާޒިމްގެ ޓްވީޓުގައި ވަރަށް ސާފު ބަހުން ހައްލަކީ ބަރުލަމާނީކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އޭނާ ހުރީ ކޮން ފަޅިއެއްގައިކަން މި ޓްވީޓުން ސާފުވެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ބަރުލަމާނީ ނިޒާމަށް ތާއީދުކުރަށްވައި ވާހަކަ ދައްކަވާފައިވާއިރު، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތާއީދެއް ރައްޔިތުންގެ ފަރާތުން ނެތްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ބެއްޔާ

01-Sep-2021

އެއީ އާޒިމް އާއެކު ރާބޯމީހުން. އެމިޙުންތިބެނީ ހަމއިގައެއްނޫން.



ޓްރެންޑިން