ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ނަމަވެސް މައްސަލަ ބަލައިގަތުމަށް ވޯޓަށް އެހުމުން އެ މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުންނެވެ. 20 މެމްބަރުން ވަނީ މައްސަލައާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 27 މެމްބަރަކު އިންނެވިއެވެ.

މިމައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން، އާދަމް ޝަރީފް ވަނީ އެމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ، 241 ކޮމިޓީ އަދި ޖުޑީޝަރީ ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.



އާދަމް ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަން އެމަނިކުފާނަށް ހުކުމް ކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުން ހާމަވެފައިވާއިރު، ފަނޑިޔާރުންނަށް ރިޝްވަތުދީ ބިރުދައްކާފައިވާ މައްސަަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް ބޭއްވި އެ ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށައިފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން