ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ކޯވިޑް-19 އާ ގުޅިގެން އައްޑޫސިޓީއަށް ބޭނުންވާ ތަކެތި ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމްވަނީ ކޯވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީއަށް ދިމާވާ ދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުންގެ މަޖިލީހުގެ 7 މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ރޭގެ ވަގުތެއްގައި މަޝްވަރާ ކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫ ސިޓީގެ 7 ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުން އަރިހުން އެބޭފުޅުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަކިވަކީން އައްސަވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން އައްޑޫސިޓީގެ މެންބަރުން ވަނީ އައްޑޫގައި ވީއެންމެ އަވަހަކަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން މިވަގުތު މާލެއިން ނުވަތަ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލުތަކާ ބެހޭގޮތުން އެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން އައްޑޫސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާބެހޭގޮތުންނާ، އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީ ތަކުގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަދި ހޮސްޕިޓަލުގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އެކަންކަން ބައްލަވަމުން ގެންދަވާނެކަމަށާއި، އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި އެން.އީ.އޯ.ސީ މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވަނީ ރަށްރަށަށް ކޯވިޑް-19 އާއި ގުޅިގެން ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަން ޔަޤީންކޮށްދެއްވާފައެވެ. އަދި އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯވިޑް-19 ޓެސްޓް ހެދުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް މިނިސްޓަރ އަމީން ވަނީ ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ.

އަދި ސަރުކާރުން މިކަންކަން ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމުގައި އަމީން ފާހަގަކުރައްވާފައިވެއެވެ. އަދި މި ހާލަތުގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމަށާއި އެގޮތުން ޑަކްޓަރުންނަށާއި ނަރުހުންނަށް އޮންލައިންކޮށް މިހާރުވެސް ތަމްރީނު ދެމުންގެންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާނަމަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދެވޭނެގޮތް އިންތިޒާމުކޮށްފައި ވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ، މި ދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށާއި، އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތި މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ކަމާގުޅުން ހުރި އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

ރައިޔަތުން އަހުމަދު

13-May-2020

އައްޑޫ މީހުން އަދިވެސް ތިބޭ މި މީހުން ދައްކާ ދަޅަތަކަށް ހެއްލިފަ.. މީ އަސް ލު އައްޑޫ މީހުން އޮޅުވާލައިގެން ޕާރޓީ ވިޔަފާރި ކުރާ ބައެއް.. އެމީހުންގެ ބޮޑުންނާއި ގާތްތިމާގެ މީހުން އެތިބީ ބޮޑެތި ވަޒީފާގައި ދައުލަތުގެ ބަޖެޓުން ކައިގެން.. އައްޑޫ މީހުން ބަލިން ސަލާމަތްވާނެ ގޮތެއްނެތިފައި ޓެސްޓު ނެހެދިފައި. އެކަމަކު އެމްޑީޕީ ހޮވަން އެންމެ ބޮޑު ތާއިދެއް ފެށުނީއްސުރެން ކުރަނީ އައްޑޫގެ ރައިޔަތުން ވިސްނާފައި މިކަން ކަން ހައްލުކުރުމަށް ގޮތްބަދަލު ކުރަން ވެއްޖެ.. މީއީ އަހަރުމެންނަށް މަންފާއަށް ކަން ކުރާނެ ބަޔަކަށް ދެކުން އެއީ ގޯހެއް.. އޭރަކަކު އެންމެ ބޮޑު ކަންކޮންދޭން ބުނާ ބަޔަކާއި ބައިވެރިވާންވީ.. އެމީހުން ނުކޮށްފިނަނަމ އެމީހާ ދޫކޮށް އަނެއްމީހާޔަށް ބަދަލުވާންވީ.. މީ ވަކި ކުލަޔަކަށް ގުރުބާން ވީ ކަމެއް ނޫން.. ރަށަށް މީހުންނަށް އަތޮޅަށް އެންމެފައިދާ ބޮޑުގޮތް އެއީ އެންމެ ރަގަޅު ގޮތް.. ވަކީ ÷÷ޟ, ޟޑ÷, ޑޜ÷, ޛ÷, ާ÷ އެއް ނޯންނާނެ.. ދަ މޯ ޔޫ ގިވް ދަމޫ ވީ އެކްސެޕްޓް ޔޫ.. މާލަސްވެއް ޖެ ދެވަނަ ފުރުސަތެއް ދެނެއް ނުލިބޭނެ އައްޑުއަކުން.. ވައްﷲ އައުލަމް...



ޓްރެންޑިން