އއ. ވެލިދޫ ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ހިނގައިގެންއުޅޭ އެއްވެސް މައްސަލައެއް ނުބަލާ ކަމަށް ފުލުހުން ބުނެފިއެވެ.
ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ވެލިދޫ އާއި ހަވާލުވެ ހުންނެވި ސިފައިންގެ ކޮމާންޑަރާއި އެ ރަށުގައި ހުރި އަންހެން ޑޮކްޓަރަކު ދަންވަރު އެކަހެރިކޮށް ބައްދަލު ކުރި މައްސަލައެއް ރޭ ވަނީ ބައެއް ނޫސްތަކުން ފެންމަތި ކޮށްފައެވެ. އެކަން ފަޅާއެރީ ކަމަށް ބުނެފައިވަނީ ކޮމާންޑަރުގެ ކޮޓަރިން ޑޮކްޓަރު ނުކުންނަތަން ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނިގެން ކަމަށެވެ. ނަމަވެސް މިއިން އެއްވެސް މައުލޫމާތެއް ލިބުނު ގޮތެއް މިއިން އެއްވެސް ނޫހަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އާއި ޙަވާލާދީ މިއަދު އަނެއްކާވެސް އެނޫސް ތަކުގައި ވަނީ، ވެލިދޫ ކަރަންޓީން ފެސިލިޓީގެ ޖިނާއީ ކުށެއް އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފުލުހުން އަމިއްލައަށް އިސްނަގައިގެންވެސް ބަލަމުން ނުދާ ކަމަށް އެ މީޑިއާތަކުން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ދިއުމަކީ އެޗްޕީއޭއިން ކަނަޑައަޅާފައިވާ އުސޫލުގައި ބުނާ ގޮތުން މަނާކަމެކެވެ. ނަމަވެސް އެ އުސޫލު އެތަން ބަލަހައްޓަން ތިބޭ މީހުންގެ މައްޗަށް ހިނގާ ކަމެއް އެނގިފައެއް ނުވެއެވެ. ތަން ބަލަހައްޓަން ތިބޭ ޚިދުމަތްތެރިންނަކީ އުސޫލެއްގެ ގޮތުން އެހެން ކޮޓަރިތަކަށްވެސް އެހެން ތަންތަނަށްވެސް ވަދެ ނުކުމެ އުޅެން ޖެހޭ ބައެއްކަމުގައި ގަބޫލުކުރެވެއެވެ.
ކަރަންޓީން ފެސިލިޓީތައް ބަލަހައްޓަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އަދި އެ ތަންތަނުގައި ސެކިއުރިޓީ ފުލުހުން ބަލަހައްޓަމުން ދާއިރު ކޮންމެ ފެސިލިޓީއެއްގައި ޑޮކްޓަރުންނާއި ނަރުހުން އަދި ބައެއް ރިސޯޓުތަކުގައި އެ ތަންތަނުގެ މުވައްޒަފުން ވެސް މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު