ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯ އަކީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހަންމަދު ޖަމީލް ޑައިރެކްޓް ކުރި ފިލްމެއް ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމިންގެ މައްޗަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އޯޑިއޯ ތަކެއް ކަަމަށް ބުނާ އޯޑިއޯ ތަކެއް ވަނީ އާންމުވެފައެވެ. އެއޯޑިއޯ ތަކުގައި ރައީސް ޔާމިނަށް ހުކުމްކުރީ ފަނޑިޔާރުން "ރަހީނުކޮށްގެން" ކަމަށާއި، އެއް ފަނޑިޔާރަކަށް ހުކުމްގައި އޮތް އެއްޗެއް ނުވެސް އެނގޭ ކަމަށް ވިދާޅުވެ އެ ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވާފަދަ ވާހަކަތަކެއް ވަނީ ދައްކާފައެވެ. އެހެން ނަމަވެސް އެ ފަނޑިޔާރުން ފަހުން ވަނީ އެފަދަ ވާހަކަތަކެއް ނުދައްކަވާ ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް ވިދާޅުވީ އެ އޯޑިއޯތަކަކީ ފަނޑިޔާރުންގެ އަޑުތަކެއް ނޫން ކަމަށާއި، އެ އޯޑިއޯ ތަކުގައި ވާހަކަ ދައްކަަވާ ގާޒީ ސަމީރާއި އަލީ އާދަމްގެ އަޑަކީ އޭނާގެ މަދަރުސީ ދައުރުން ފަށައިގެން ފަރިތަ އަޑުތަކެއް ކަމަށެވެ. އަދި ގާޒީ ފާއިޒުގެ އަޑަކީ އޭނާ އެހާ ފަރިތަ އަޑެއް ކަމަށާއި، ލީކުވި އޯޑިއޯތަކަކީ ފިލްމެއް ކަމަށް ހަލީމް ވިދާޅުވިއެވެ.



"ޑރ. މުހަންމަދު ޖަމީލް ޑައިރެކްޓް ކުރި ފިލްމަށް އަޑު އަޅާފައިވަނީ އަބުދުއްރަހީމާއި، މުހަންމަދު ސައީދާއި، އާދަމް ޝަރީފް." މަލާމާތުގެ ރާގެއްގައި ގަޒީ ހަލީމް ވިދާޅުވެފައި ވެއެެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް، އެ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލަ ބަލަމުންދާއިރު ލީކުވި އޯޑިއޯތަކުގައި ވާހަކަ ދައްކާ ގާޒީންގެ ފަރާތުން ވަނީ މައުލޫމާތު ސާފްކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ތުހުމަތުތަކަށް ގާޒީން އިންކާރު ކުރައްވާފައިވާއިރު މިއަދު އެ ގާޒީން ވަނީ އަޑުގެ ސާމްޕަލް ފުލުހުންނަށް ދީފައެވެ.

ރައީސް އޮފީހުން މިހާރު ވަނީ އެމައްސަލަ ފުލުހަށް ހުށައަޅާފައެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ލީކުވި އޯޑިއޯތަކުގެ މައްސަލަ މަޖިލީހުގެ ތިން ކޮމެޓީއަކަށް ހުށައަޅާފައެެވެ. އެމައްސަލައިގައި މަޖިލީހުގައި އިހުތިޖާޖްކޮށް ރައީސް އޮފީހަށް ވަޑައިގެން ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ވެސް އިދިކޮޅުން ވަނީ ބައްދަލުކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު


8

ނަދީމު

01-Sep-2021

ޑިއޯ ތަކުގައި ވާހަކަ ދައްކަަވާ ގާޒީ ސަމީރާއި އަލީ އާދަމްގެ އަޑަކީ އޭނާގެ މަދަރުސީ ދައުރުން ފަށައިގެން ފަރިތަ އަޑުތަކެއް ކަމަށެވެ. އަދި ގާޒީ ފާއިޒުގެ އަޑަކީ އޭނާ އެހާ ފަރިތަ، އަލީ ރަޝީދު އާއި ދިމާވި މަދަރުސާއަކީ، މޯލްޑިވްސް ޕޮލިސް ސާވިސްތޯ ސުވާލުކުރެވޭ، އަހަރެންވެސް އެއިރު އުޅުނީ އެމަދަރުސާގައި އަލީއާދަމް އަކީ އަލީ ރަޝީދު ފަދައިން ހޯއްދެވި އިލްމާއި ސެޓްފިކެޓް ވެރިފައި ކުރަންޖެހޭ ބޭކަލުންތަކެއް. ހެޔޮނުވާނެ އާހިރަތަށް ބިރުގަނެބަލަ….


-3

ދިދަ ދަނޑި

01-Sep-2021

ފިލްމު ކުޅޭ ބަޔަކީ ފަނޑިޔާރުން.. ތެދު ދޮގެއް ހަޤީޤަތެއް ބެލުމެއް ނޯންނާނެ, ގިނައިން ލިބެންޏާ އެކޮޅަކަށް އަރިއަށް ގެޖޭ ބައެއް އެއީ..



ޓްރެންޑިން