ކުރީގެ ރައީސް އަބުދު ﷲ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނާއިބް ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނާއިބް ރައީސް މުއައްވިޒް ރަޝީދު، ރައީސް ޔާމިންގެ ޝަރީއަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ އޯޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ. އެ އޯޑިއޯގައި މުއައްވިޒު ވިދާޅުވީ ރައީސް ޔާމީނުގެ މައްސަލައިގެ ތަހުގީގު ނިމިފައި ނުވާ ކަމަށެވެ. ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށް މުއައްވިޒު ވިދާޅުވިއެވެެ.
މުއައްވިޒު ވިދާޅުވީ މީހެއްގެ އެކައުންޓު ނަންބަރު އެނގޭނަމަ އެމީހަކަށް ނޭނގި އެމީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރި ޗެކު ހިފައިގެން ދިޔަ މީހާއާއި އެ ޗެކުގައި ސޮއިކުރި މީހާ ވެސް ހުރީ ޔޫކޭގައި ކަމަށް މުއައްވިޒު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި މައްސަލައިގައި ހެކިބަސް ނެގުމުގައި ވެސް މައްސަލަތަކެއް ހުރިކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ހެކިބަސް ދިނުމުގައި އޭނާއަށް ވެސް ފިއްތުންތައް ކުރިމަތި ކުރުވި ކަމަށް މުއައްވިޒް ވިދާޅުވިއެވެެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ވަނީ ތާއިދު ކޮށްފައެވެ. ނަމަވެސް އެހުކުމް ދަށުކޯޓުން އިއްވުމުގައި ކަން ހިނގާ ދިޔަގޮތާއި ރައީސް ޔާމިންގެ ދެ އަދާވަތްތެރިއެއްގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުގައި ބޭނުން ކުރުމާއި މައްސަލައިގެ ހުކުމަށްފަހު ހުކުމް ކުރި ގާޒީގެ މަގާމަށް އައި ކުރިއެރުން ފަދަ ކަންކަމަށް ރިއާޔަތްކޮށް އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ އެހުކުމާމެދު ސުވާލުތަކެއް އުފައްދާފައެވެ.
ރައީސް ޔާމިންގެ ފަރާތްޕުޅުން އެމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެމައްސަލައިގެ އަޑުއެހުންތައް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ. ރައީސް ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެެއް ފަނޑިޔާރުން އެހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބެލެވޭ އޯޑިއޯ ތަކެެއް ވެސް ވަނީ އާންމުވެފައެވެ. އެއަޑުތައް އެބޭފުޅުންގެ އަޑާއި ކިތަންމެ ވައްތަރު ނަމަވެސް އެކަން އެ ފަނޑިޔާރުން ދޮގުކުރާ ކަމަށް އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް ޖޭއެސްސީން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު