ރިހިވެލި ދަ ޑްރީމް ރިސޯޓަށް އަރާ ހަމަނުޖެހުން ނުހިންގާ ކަމަށް މާހަލް ޓުއާސް އިން ބުނެފިއެވެ.
ރިސޯޓުގެ ވެރިފަރާތް ކަމުގައިވާ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ސޭވް ދަ ޑްރީމް މޯލްޑިވްސްއާއެކު ފެބްރުއަރީ 15، 2018 ގައި 2042 ވަނަ އަހަރާ ހަމައަށް ރިހިވެލި އައިލެންޑް ރިސޯޓް ކުއްޔަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް ސެޕްޓެމްބަރު 14، 2020 ގައި އެއްބަސްވުން ބާތިލު ކޮށް، މާހަލް ޓުއާސްއިން ވަނީ ޓާމިނޭޝަން ނޯޓިސް ފޮނުވާފައެވެ.
މި މައްސަލަ ސޭވް ދަ ޑްރީމުން ސިވިލް ކޯޓަށް ހުށައެޅިއެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކުލީގެ ފައިސާ ސޭވް ދަ ޑްރީމުން ނުދެއްކުމަކީ މަހަލްއާ އެކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ކުރެވިދާނެ ފަދަ ހާލަތެއް ކަމަށެވެ. އަދި ކުލި ދެއްކުމަކާ ނުލައި އެތަނުން މަންފާ ހޯދުމުގެ ހައްގު ލިބިގެން ނުވާ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މަހަލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއްބަސްވުން ބާތިލު ކުރި މައިގަނޑު ސަބަބަކީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު ސޭވް ދަ ޑްރީމުން ނުދެއްކުމުން ކަމަށެވެ. ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު އަދި ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދިވެސް ނުދައްކައި އެބަ އޮތް ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައިވެއެވެ. ހެޑްލީސް ރެންޓު ނުދެއްކުމުން މީރާއިން ނޯޓިސް ފޮނުވަމުން ގޮސް އެންމެ ފަހުން "ރެޑް ނޯޓިސް" ވެސް ފޮނުވާފައިވާކަން މަހަލް އިން ވަނީ ފާހަގަކޮށްފަައެެވެ.
ސޭވް ދަ ޑްރީމަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު އެކުންފުންޏަށް ނޯންނާނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަހަލްގެ ބައެއް މުވައްޒަފުން ވަނީ އެ ރިސޯޓަށް އަރާފައެވެ. މަހަލްގެ މުވައްޒަފުން ރިސޯޓަށް އެެރުމުން ހަމަނުޖެހުން އުފެދުމުން ފުލުހުން ވެސް ވަނީ އެ ރިސޯޓްގައި ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނީ ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގާ ކަމަށް މައުލޫމާތު ލިބޭތީ އެ ރިސޯޓްގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ރިހިވެލި ރިސޯޓު ހިންގުމަށް ކުއްޔަށް ދިނުމަށް ސޭވް ދަ ޑްރީމާއެކު ވެފައިވާ އެއްބަސްވުން މާހަލުން މިދިޔަ އަހަރު ވަނީ އުވާލާފައެވެ. ރިސޯޓު ބަންދު ކޮށްފައި އޮތުމަށްފަހު ރިސޯޓު ހުޅުވައިގެން ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދިނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެެވެ.

ކިޔުންތެރިންގެ ހިޔާލު