ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި، ‏އަލްއުސްތާޛު އަޙްމަދު މުޙައްމަދު އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

‏ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީންޢާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދު ޕީޕީއެމާ ގުޅިވަޑައިގެންނެވުމަށްފަހު ފޯމް ހަވާލުކުރުމަށް ޕީޕީއެމްގެ އޮފީހުގައި ރޭ ހާއްސަ ރަސްމިއްޔާތެއް އޮތެވެ. މިރަސްމިއްޔާތުގައި އަހުމަދުގެ ފޯމާއި ހަވާލުވެވަޑައިގަތީ އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.



މަޖިލީހުގެ ކުރީގެ އަމީން އާއްމު އަހުމަދު މުހައްމަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރުގެ މަދަނީ ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމު ފުރުއްވާފައެވެ.

ޕީޕީއެމުން ވަނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ކެމްޕޭނެއް މުޅި ރާއްޖޭގައި ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު