އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

އުމްރާއަށް މީހުން ގެންދިއުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން ކުންފުނި ތަކަށް އެ ހުއްދަ ދީފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 އިގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރުގެ މިހާހިސާބަށް އެ ކުންފުނިތަކުން މީހުން އުމްރާއަށް ގެންދިއުމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު ދީފައިވާ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އަންނަ އަހަރު އުމްރާގެ އަޅުކަމަށް އެހެން ގައުމުތަކުގެ މީހުންނަށް ފުރުސަތު ދޭން ނިއްމައިފައިވާކަން ސައުދީ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

އުމްރާއަށް ދާއިރު ކޮވިޑް ވެކްސިންގެ ވަކި ވައްތަރެއްގެ ވެކްސިންތަކެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހައްޖާއި އުމްރާގެ އަޅުކަމުގައި ހުސްވި އަހަރުން ފެށިގެން ބައިވެރި ވެވެނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ސައުދީ ސަރުކާރުން ކަނޑައަޅާ މަދު އަދަދެއްގެ ބަޔަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން