ކޮވިޑް-19 ވެކްސިން އޮގަސްޓް މަހުގެ ނިޔަލަށް ފުރިހަމަ ނުކުރާ މީހުންނަށް ޚިދުމަތްތައް ދިނުމުގައި ފިޔަވަޅު އަޅާނީ ވެކްސިންގެ އެއްވެސް ޑޯޒެެއް ނުޖަހާ މީހުންނަށް އެކަނި ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނަމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއް ބުނެފައިވަނީ މިއަދުން ފެށިގެން، އެއްވެސް ފިޔަވަޅެއް އަޅަން ވާނީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ ފަރާތްތަކާއިމެދުގައި ކަމަށެވެ. އެފަދަ ފަރާތްތަކާއި މެދު މިއަދުން ފެށިގެން ބައެއް ފިޔަވަޅުތައް އެޅުމަށް އެ މިނިިސްޓްރީން ވަނީ އަންގާފައެެވެ. އިކޮންމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ހިދުމަތް ހޯދޭނީ ވެކްސިންގެ ޑޯޒެއް ފުރިހަމަ ކޮށްފައިވާނަމަ ކަމަށެވެ. އެނޫން ގޮތަކަށް އެ މީހުންނަށް ހިދުމަތް ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންގައި ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން، އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިސްކަން ދިނުމަށް އެ މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެއެެވެ. މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމާއި އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އިކޮންމިކް މިނިސްޓްރީން ކުރި އިއުލާންގައި އަންގާފައި ވެއެވެ.

ކޮވިޑް-19 ވެކްސިން އޮގަސްޓް މަހުގެ ނިޔަވަލަށް ފުރިހަމަ ނުކުރާ މީހުންނަށް ސެޕްޓެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ކުރިން އަޅަން ނިއްމި ބޮޑެތި ފިޔަވަޅުތަކަށް ސަރުކާރުން މިހާރު ވަނީ ލުއިތަކެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން