މާލެ އަތޮޅު ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފިއެެވެ.

މާލެ އަތޮޅު ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަކްޗަރގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.



ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ‏41،487،304.04 ރުފިޔާ އަށް ކަމަށެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިއްމާގޮތަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެ އެވެ.

އެމްޓީސީސީން ގެންދަނީ މިހާރުވެސް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުގެ ގިނަ ތަރައްގީގެ ޕްރޮޖެކްޓްތަކެއް ހިންގަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން