ޓުއަރިޒަމް ކުރިއަރައި، ރާއްޖޭގެ އިގްތިސާދު އާރާސްތުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑްގެ ކުރިން އޮތް ހިސާބަށް ރާއްޖޭގެ އިޤްތިޞާދު ދާން ފަށާފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިކަންވެސް 2019 ވަނަ އަހަރު އޮތް ހިސާބަށް މިހާރު މަޑުމަޑުން އެބަދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އިގްތިސާދު އާރާސްތުކުރުމަށް މަސައްކަތް ކުރަމުންދާއިރު ތަރަައްގީގެ ގިނަ މަސައްކަތްތަކެއްވެސް ސަރުކާރުން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ފެނަކައާއި އެމްޑަބްލިއުއެސްސީއާައި އެމްޓީސީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ އަންނަ ހަފްތާގައިވެސް ލައިން އޮފް ކްރިޑިޑިޓް، އެލްއޯސީ އެގްރިމެންޓެއްގައި ސޮއިކުރާނެކަމަށާއި، އެ އެގްރިމަންޓްގެ ދަށުން ތަރައްގީގެ ގިނަ މަސައްކަތްތައް މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާނެކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ޔޫތު ސެންޓަރު އެޅުމާއި، ގަލޮޅު ބޯޅަދަނޑު ތަަރަައްގީކުރުމާއި، ބާސްކެޓް، ނެޓްބޯލް އަދި ވޮލީ ބޯޅަ ސެންޓަރުތައް މާލޭގައި ތަރަައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުންވެސް މިއެގްރިމަންޓުގެ ދަށުން ކުރިއަށްދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން