މާލޭގައި ތިބި އިތުރު 500 މީހުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން އާދަމް ޝަރީފް ވިދާޅުވީ، އިތުރު 500 މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ލިސްޓު އެކުލަވާލަމުންދާ ކަމަށެވެ. އިތުރު ފެސިލިޓީތައް ހޯދައިގެން މާލޭގައި ތާށިވެފައިތިބި ރައްޔިތުން ކަރަންޓީނު ކުރުމަށް ފަހު ރަށްރަށަށް ފޮނުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން 333 ފަރާތެއް ކަރަންޓީން ކުރެވުނު ކަމަށާއި އޭގެތެރޭގައި ރިސޯޓް ކަރަންޓީން ތަކަށް 308 މީހަކު ގެންދެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެތެރެއިން ހުޅުމާލޭގެ ފެސިލިޓީއެއްގައި 17 މީހަކު ކަރަންޓީން ކުރެވުނު ކަމަށާއި އެއީ ސިއްހީ ހާލަތު ހުރި ގޮތުން މާލެއިން ދުރުގައި ރިސޯޓަކަށް ކަރަންޓީން ކުރަން ނުގެންދެވި ތިބި މީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިން 8 ފަރާތެއް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ދޫކޮށްލެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީހުން ރަށްރަށަށް ފޮނުވުމުގައި އަމަލުކުރަމުންދަނީ އެކަމަށްޓަކައި އެކުލަވާލި މިންގަނޑުގެ ތެރެއިން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އިސްކަން ދެނީ މާލެއަށް އައިފަހުން ލޮކްޑައުންވެގެން ނުދެވިފައި ތިބި މީހުންނަށްކަން ޝަރީފް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރިސޯޓްތަކުން އައިސް ތާށިވެފައި ތިބި މީހުންނަށް އިސްކަންދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މާލޭގައި ތާށިވެފައި ތިބި މީހުންނާއި ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ލިބިފައިވާ ލިސްޓު އެއްކުރުމުގެ މަސައްކަތް އެލްޖީއޭއިން ކުރަމުންދާ ކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން 5000 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިއްހީ ބޭނުމަށް މާލެ އައި 1444 އަށް ވުރެ ގިނަ މީހުންނާއި ރިސޯޓްތަކުން އައިސް މާލޭގައި ތާށިވި 363 މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން 3258 ފަރާތެއް މާލެއިން ރަށް ރަށަށް ދިއުމަށް ނަންނޯޓު ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި މާލޭގައި ދިރިއުޅުއްވާ ފަރާތްތައް ވަރަށް ގިނައިން ހިމެނޭނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެ މީހުންގެ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު