އަތޮޅުތަކުން މީހުން ގޮވައިގެން ދަތުރުކުރާ އޮޑިދޯނިފަހަރު ލަފާފުރާ އުޅޭ ސަރައްދު- ލޮކްޑައުންގެ ސަބަބުން މުޅިން ހަމަހިމޭންވެފައި
އަތޮޅުތަކުން މީހުން ގޮވައިގެން ދަތުރުކުރާ އޮޑިދޯނިފަހަރު ލަފާފުރާ އުޅޭ ސަރައްދު- ލޮކްޑައުންގެ ސަބަބުން މުޅިން ހަމަހިމޭންވެފައި
މާލެއިން ރަށަށް ދާން ބޭނުންވާ ލިސްޓުގައި މާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކެއްވެސް ހިމެނޭ ކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފު ވިދާޅުވީ ލޮކްޑައުނާއި ގުޅިގެން، މާލޭގައި ތާށިވެފައިވާ ފަރާތްތަކުގެ އިތުރުން، ރަށަށް ދާން ނަންނޯޓު ކޮށްފައިވާ 3258 ފަރާތެއް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅުއްވާ ފަރާތްތައް ވަރަށް ބޮޑަށް ހިމެނޭނެކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެގޮތުން އެފަރާތްތަކުގެ ތެރޭގައި ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީ ދަށްވެގެން ދިރިއުޅޭ ތަނުން ނިކުންނަން ޖެހިފައިވާ އަދި އެހެނިހެން ޒަރޫރީ ކަންކަމާއި ހެދި މާލޭގައި އުޅުމަށް ދަތިވެފައިވާ ފަރާތްތައް ހިމެނޭނެ ކަމަށެވެ. މިފަދަ 3258 ފަރާތެއް ލިސްޓުގައި ހިމެނޭއިރު މިހުރިހާ ފަރާތްތަކަށް ގުޅައި އަދި ޔަޤީން ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި 3258 މީހުންގެ އިތުރުން 1444 ފަރާތެއް ސިއްޙީ ބޭނުމަށް މާލެ އައިސް ފުރަބަންދާއި ހެދި ރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަ ތިބިކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ރިސޯޓު ކަރަންޓީނުން ދޫކޮށްލުމުން ރަށަށް ދާންވެގެން މާލެ އެރިތަނުން ފުރަބަންދު ކުރުމުން ރަށަށް ނުދެވިވާ 363 ފަރާތެއް އެބަ ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ ލޮކްޑައުން ކުރުމާއިއެކު މާލޭގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމުގެ ޝަކުވާ ރަށް ރަށުގެ ކައުންސިލް ތަކަށާއި އެލްޖީއޭ އަށް ވަނީ ލިބިފައެވެ. ސަރުކާރުން މިހާރުވަނީ މިހެން ތިބި ފަރާތްތައް 14 ދުވަހުގެ ކަރަންޓީނަށް ފަހު ރަށް ރަށަށް ފޮނުވުމަށް ނިންމާފައެވެ. އެފަދަ ފަރާތްތަކަށް ކަރަންޓީނުވާން ޖެހޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތުން އަންގާ ފެސިލިޓީއެއްގައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޫރިޒމަން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު 5000 ވަރަކަށް ދިވެހި ރައްޔިތުން މާލެއިން ފުރައިގެން ރަށް ރަށަށް ދިއުމަށް އެދިފައިވީ ނަމަވެސް މާލޭގައި ބަލީގެ ހާލަތު މިވަގުތު އޮތް ގޮތުން މާލެއިން ފުރައިގެން ރަށް ރަށަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންނަަމަވެސް ޒަރޫރީ ހާލަތްތަކެއް ދިމާވެފައިވާ އެތަކެއް ރައްޔިތުން ތިބީތީވެ މި ކަން ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ޚިޖފފ

13-May-2020

ޙެޔޮނުވާނެ, ތިހެން ނަހަދާ, އެމީހުން ކޮމެސްގޮތެއް ހަދާފަ މާލޭގަ އިހައް ބައިތިއްބަދީ



ޓްރެންޑިން