އަހުމަދު މަސްނޫމް   2 ސެޕްޓެމްބަރު 2021 - 14:1
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ކުޅެވޭނެ އެކި ވަސީލަތްތައް އެންމެ ގިނައިން ގާއިމްކޮށްދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންކަމަށާ މިއީ ހަމައެކަނި ބިންގާއަޅާ ސަރުކާރެއްނޫން ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނި ތަކުގެ ތެރެއިން ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ތަކުގައި އެންމެ ފަހަތުފަޔަށް ބަރުކަމަށް ގިނަބަޔަކު ފާހަގަކުރާ އާރްޑީސީގެ އެމްޑީ މޫކޭ ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް ބެލިނަމަވެސް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

އެގޮތުން އެންމެގިނަ ފުޓްސަލް ދަނޑު، އެންމެ ގިނަ ފުޓްބޯޅަ ދަނޑު، އެންމެ ގިނަ ޕާކު، އެންމެ ގިނަ އައުޓްޑޯރ ޖިމް އެޅި ރައީސަކީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށް މޫކޭ ވިދާޅުވިއެވެ. އެހެންކަމުން މިއީ ހަމައެކަނި ބިންގާ އަޅާ ސަރުކާރެއް ނޫންކަމަށް މޫކޭ ވިދާޅުވިއެވެ.



ކުޅިވަރަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެލްއޯސީ އެގްރިމެންޓެއްގެ ދަށުން ބައެއް ރަށްރަށުގައި ޔޫތު ސެންޓަރު އެޅުމާއި، ގަލޮޅު ބޯޅަދަނޑު ތަަރަައްގީކުރުމާއި، ބާސްކެޓް، ނެޓްބޯލް އަދި ވޮލީ ބޯޅަ ސެންޓަރުތައް މާލޭގައި ތަރަައްގީކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުންވެސް މިއެގްރިމަންޓުގެ ދަށުން ކުރިއަށްދާނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ިއިބްރާހިމް

03-Sep-2021

ތއެހެންވީމަތޯ މުވައްޒަފުން މުޑިޖައްސާފަ ކަމެއްނުކުރުވާފަ ތިބީ


1

ޢަހަންމާ

03-Sep-2021

މޮޔަ ސަރެއް މީ



ޓްރެންޑިން