6 މޭގެ ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ދެއްވަންޖެހޭ ބަޔާން ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށްކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވެއްޖެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ، އެމަނިކުފާނުގެ ބަޔާނެއް މުހިއްމުކަމަށް ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނަރަލްވެސް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް އައިރުވެސް އެމަނިކުފާނުގެ ބަޔާނެއް ނެގޭ ގޮތް ވެފައެއް ނުވެއެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާން ދެއްވާނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށެވެ.

ނަމަވެސް ނާޒިމް މިއަދު ޕީޖީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާއާ ގުޅޭގޮތުން ބަޔާންދެއްވުމަށް ރައީސް ނަޝީދު ހުންނެވީ ތައްޔާރަށްކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

6 މޭގެ ބޮމުގެ ހަމަލާއާ ގުޅިގެން 4 މީހެއްގެ މައްޗަށް 12 ދައުވާއެއް މިހާރުވެސް ވަނީ އުފުލާފައެވެ. އަދި އިތުރު ބައެއްގެ މައްސަލަތައް ދަނީ ތަހުގީގްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން