ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅަން ނިންމައިފިއެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މި ބިލު މަޖިލީހަށް ހުށަހަޅުއްވަން ނިންމެވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގެވެ. ތާރިގް ވަނީ މީގެކުރިންވެސް މިފަދަ ބިލެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އެބިލު މަޖިލީހަށް ބަލައިގަންނަން ފާހެއް ނުވެއެވެ.

ތާރީހް މިފަހަރު ހުށަހަޅުއްވާ ބިލުގައި ވަނީ ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ފަރާތްތައް އެކޮމިޝަނުގަައި ނުހިމެނޭ ގޮތަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން މަޖިލިސް ރައީސް، މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެމްބަރު، ބަންޑާރަ ނާއިބު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރު ނުހިމެނޭ ގޮތަށް ޖޭއެސްސީ އެކުލަވާލާން ތާރިގް ހުށަހެޅުއްވި ބިލުގައިވެއެވެ.

ތާރިގްގެ ބިލުގައި ޖޭއެސްސީ އެކުލެވިގެން ވަނި އުއްތަމަފަނޑިޔާރު،. ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް، ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް، ވަކީލުން އިންތިހާބުކުރާ ވަކީލެއް، ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާ ކާރެއްގެ މައްޗަށެވެ.

ތާރިގް ވިދާޅުވީ މިބިލު ހުށަހަޅަން ޖެހުނީ ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންނަށް ބިރު ދައްކާ، ވަކި ގޮތަކަށް ހުކުމް ކުރަމުންދާކަމަށް ގިނަ ރައްޔިތުންތަކެއް ބުނަމުންދާތީއާއި، އެފަދަ މަންޒަރުތައް ފެންނަމުންދާތީ ކަމަށެވެ. އަދި މިއީ އެއްވެސް ވަރަަކަށް ލަސްނުކޮށް މިހާރުން މިހާރަށް ކުރެވެން އޮތް ކަމެއްކަމަށް ތާރިގް ވިދާޅުވިއެވެ.



ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅާފައިވާއިރު، ސަރުކާރުންވެސް ދަނީ އެމަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހިގަނމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން