އަހުމަދު މަސްނޫމް   2 ސެޕްޓެމްބަރު 2021 - 17:55
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ތައްޔާރުކުރަމުންދާ ބަރުލަމާނީ ޕެޓިޝަންގައި 50 ހާހަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް އެކަމުގައި އިސްކޮށް އުޅޭފަރާތްތަކުން ބުނެފިއެވެ.

ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ތައްޔާރުވަމުންދާ ޕެޓިޝަންގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ކަމަށެވެ. އަދި އަަމާޒަކީ އެއްލައްކަ މީހުންގެ ސޮޔާއެކު ޕެޓިޝަން ރައީސަށް ހުށަހެޅުންކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ ނަމަވެސް އެއީ އެމްޑީޕީގެ މަސައްކަތެއް ނޫންކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި ރައީސް ސާލިހުވެސް ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތަށް ވުރެ އެމަނިކުފާން އިސްކަން ދެއްވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގެ މަސައްކަތަށް ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން