އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގައި މެމްބަރު މީކާއިލްގެ މަންމަގެ ބޯ ފަޅާލައިފިއެވެ.
މިއަދު ހިންގި އެ މާރާމާރީގައި ޒަހަމް ވެފައިވަނީ އެމްޑީޕީގެ އިދާރީ މުވައްޒަފެއް ކަމަށްވާ މަންދީ ޒުބައިރު އެވެ. މަންދީ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ އެވެ.
ފުލުހުން ބުނީ، ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސްތެރޭގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތު މިއަދު 12:30 ގައި ލިބިފައިވާ ކަމަށެވެ.
މިމާރާމާރީގައި 50 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު