އެމްޑީޕީ އޮފީސް ތެރޭގައި މިއަދު މާރާމާރީ ހިންގީ މަސްތުގެ ހާލަތުގައި ހުރި މީހެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީސްތެރޭގައި މިއަދު މެންދުރު ހިންގި މާރާމާރީގައި އެމްޑީޕީ އޮފީހުގެ އިދާރީ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޒުބައިރުގެ ބޯ ވަނީ ފަޅާލާފައެވެ.

މިކަމާއި ގުޅިގެން މީކާއިލް ކުރި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މަންމައަށް ހަމަލާދިނީ މަސްތުގެ ހާލަތުގައި ހުރި މީހެއްކަމަށެވެ. އަދި އެ ހަމަލާއަކީ ގަސްތުގައި މަންމައަށް އަމާޒުކޮށް ދުރާލާ ރާވައިގެން ދިން ހަމަލާއެއް ނޫންކަމަށާއި، އަދި އެއީ ސިޔާސީ ކަމެއްވެސް ނޫންކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވީ އޭނާގެ މަންމަގެ ހާލު މިހާރު ރަނގަޅުކަމަށެވެ.



ފުލުހުން ބުނީ، ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސްތެރޭގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތު މިއަދު 12:30 ގައި ލިބިފައިވާ ކަމަށެވެ. މިމާރާމާރީގައި 50 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން