އެމްޑީޕީގެ އޮފީހަކީ އަންހެނުންނަށް ރައްކާތެރި ތަނެއް ކަމަށް ހެދުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިހެން ވިދާޅުވީ ،އެމްޑީޕީ އޮފީހުގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމުގެ މަންމަ މަންދީ ޒުބައިރަށް އަނިޔާވުމާއި ގުޅިގެން ނެވެ. އޭނާގެ ބޮލުގައި ޗޭނު ގަނޑަކުން ޖެހުމުން ބޯފަޅައިގެން ގޮސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެ މާރާމާރީގައި އިތުރު މީހަކު ވެސް ވަނީ ޒަޚަމްވެފައެވެ. އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އޭނާ ހީކުރެއްވީ އެމްޑީޕީ އޮތީ ޑިމޮކްރަސީއަށް ދޮންވެ ފައްކާވެފައިވާ ކަމަށެވެ.



އަދި މަންދީއަކީ ސިޔާސީ ގޮތުން ހަރަކާތްތެރި ހިތްވަރުގަދަ ކަނބަލެއް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. އެގޮތުން މަންދީއަށް ދިން ހަމަލާއަކީ ފިނޑި އަމަލެއް ކަމުގައި ސިފަކުރައްވަމުން އެ އަމަލު ހަރުކަށި އިބާރާތުން ޝިޔާމް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އެމްޑީޕީ އޮފީހަކީ އަންހެނުންނަށް ރައްކާތެރި މާހައުލަކަށް ހަދަން ޝިޔާމު ގޮވާލެއްވިއެވެ.

މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން