ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް މީހަކަށް ބަދަލު ނުހިފާނެ އަނިޔާވެރިނުވާނެ ލީޑަރަކަށް ހުންނެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ގާސިމް އިބްރާހިމަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އެއްވެސް ފަރާތަކުން ބަދަލު ހިއްޕަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ގާސިމަކީ މީހުންނަށް އަނިޔާވެރިވެ ދެރައެއް ލިބުމަށް އެދިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަން ރާއްްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އާރިފް ވިދާޅުވިއެެވެ. ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމާ ގާސިމާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަށް އާރިފް ވަނީ ދޮގުކުރައްވާފައެވެެ.

"އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ ދިވެހި ރައްޔިތުންނޭ ހޭލާށޭ! އަޅުގަނޑުމެންނަށް އިވޭ އަޑުތަކާއި ދެކެވޭ ވާހަކަތަކަށް ބަލާއިރު ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ ހަމަޖެހުން އެ ހަމަޖެހުން ގެނެސްދޭނެ ބަދަލު ހިފުމެއް ނެތް، މީހަކަށް އަނިޔާވެރިއެއް ނުވާނެ ހަމައެކަނި ބޭފުޅަކަށް މިހާރު މިމައިދާނުގައި ހުންނެވީ ގާސިމް، އެއްވެސް ފަރާތަކަށް އެމަނިކުފާނު މިހާތަނަށް ދެރައެއް ދެއްވާފައެއް ނެތް، ގާސިމާއެކު އުޅުއްވާފައި ޕާޓީ ދޫކުރައްވައި އެމަނިކުފާނަށް ވަރަށް ދެރަ ދެއްވާފައި ވަޑައިގެންނެވި ބޭފުޅުންނަށް އެމަނިކުފާނަކީ އަނިޔާވެރިކަން ދެއްކެވި ބޭފުޅެއް ނޫން." އިޖްތިމާއީ ގޮތުން އެތަށް ރައްޔިތުންނަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް އިޝާރަތް ކުރައްވައި އާރިފް ވިދާޅުވިއެވެ.

މީގެ އިތުރުން ޖުމުހޫރީ ޕާޓީން ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރެއްވި އަލީ އާރިފް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުކުރަން ވަރަށް އަވަހަށް ރަށްރަށަށް ދަތުރުތައް ކުރަން ރާވާފައިވާ ކަމަށެވެ. އަދި އެޕާޓީގެ އަސާސީ ގަވާއިދުން އަލަށް ފާސްކުރި ދާއިރާގެ ރައީސުންގެ އިންތިޚާބު ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

"ޕާޓީ ހިންގާ ކައުންސިލްގެ ބައެއް ގޮނޑިތައް ހުސްވެފައިވާތީ އަޅުގަނޑުމެންގެ އެ އިންތިޚާބުތައް ވެސް ކުރިއަށް އެބަދޭ. ފުރުސަތު ހުޅުވާލައިގެން ބޭފުޅުން ކުރިމަތިލައިގެން ވަރަށް ބައިވަރު އެކި ލެެވެލްގެ މަގާމުތައް ހުރީމަ އަޅުގަނޑުމެން އެކަމަށްވެސް ތައްޔާރުވަން އެބަ،. އެކަން ވެސް ކުރިއަށްދާނެ،." އާރިފް ވިދާޅުވިއެވެ.



2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެެ. އެޕާޓީން ވަނީ އަންނަ ރިޔާސީ އިންތިިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަން ވެސް އިއުލާންކޮށްފައެވެ. އަދި އެކަމުގެ މަޝްވަރާތައް ޖޭޕީގެ ކައުންސިލްގައި މިހާރު ވަނީ ފަށާފައެވެ.

އިލެކްޝަން ކޮމިޝަންގެ ދަފުތަރު ދައްކާގޮތުން އެޕާޓީގެ ރަޖިސްޓްރީގައި މިހާރު ވެސް 14000 އަށް ވުރެ ގިނަ މެންބަރުން ތިބިކަން ފާހަގަކޮށްލެވެއެެވެ. އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ކާމިޔާބު ލިބިފައި ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއިދު ކުރައްވާ ކެންޑިޑޭޓެއްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އެދުރު

03-Sep-2021

ބިޑި ހެދޭނެއި.



ޓްރެންޑިން