އެމްއޭސީއެލްގައި މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލް އަގުބޮޑުކުރީ ޖެޓްފިއުލް ނެތިގެން ނުވަތަ ތެޔޮ ލިބުން ދަތިވެގެން ނޫންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލުން ބުނެފިއެެވެ.

އެމްއޭސީއެލުން ބުނީ އެކުންފުންޏަށް ޖެޓް ފިއުލް ސަޕްލައިކޮށްދޭ ކުންފުނިން ޖެޓް ފިއުލް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެގެން އުޅޭކަމަށެވެ. ނަމަވެސް ޖެޓް ފިއުލްގެ އަގުތަކަށް އެމްއޭސީއެލުން އެންމެފަހުން ގެނައި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ގެނައި ބަދަލެއްކަމަށް އެމްއޭސީއެލުން ބުނެއެެވެ. ތެލުގެ އަގު ބޮޑުކުރީ ތެޔޮ ނުލިބިގެންކަމަށް ބުނެ މީޑިއާތަކުގައި ދައްކާ ވާހަކަތައް އެކުންފުނިން ވަނީ ދޮގުކޮށްފައެވެ.

އެމްއޭސީއެލުން ބުނީ ކުންފުންޏަށް ޖެޓް ފިއުލް ފޯރުކޮށްދޭ ފަރާތަށް ޖެޓް ފިއުލް ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވިޔަސް، އެމްއޭސީއެލުން އަބަދުވެސް ތެލުގެ ރަނގަޅު ސްޓޮކެއް ގެންގުޅޭކަމަށެވެ. އަދި މިވަގުތު ތެޔޮ ލިބުމަށް ދަތިތަކެއް ހުރުމާއެކު، މިކަމުން އިތުރު އުނދަގޫތަކެއް ކުރިމަތިވިޔަ ނުދިނުމަށް އެއަރލައިންތަކަށްވެސް މިކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

އެމްއޭސީއެލުން ބުނީ އެއަރޕޯޓަށް ޖެޓްފިއުލްގެ ދަތިކަން ކުރިމަތިނުވެ، އެއަރޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން