ހުޅުމާލެއިން މުއްސަނދިންނަށް އެކަނި ގޯތި ގަނެވޭފަދަ އަގުތަކެއްގައި ގޯތި ވިއްކުމަކީ މާލޭގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ގެދޮރުވެރިކަމާ ގުޅޭ ގޮތުން މާލޭގެ ރައްޔިތުންނާއެކު މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލެއިން ގޯތި ވިއްކަން އުޅޭ ވާހަކަ އަޑު އިވިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެކަން ކުރަނީ މުއްސަނދިންނަށް އެކަނި ގޯތި ގަނެވޭނެ ފަދަ އުސޫލުންކަމަށެވެ. އެކަމުގެ ސަބަބުން އެ ދެވެނީ މާލޭގެ ރައްޔިތުންނަށް ބޮޑު އަނިޔާއެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.



"4000 ރުފިޔާއިން ފެށޭ ނީލަމެއްގައި ވިއްކަން އުޅޭ ވާހަކަ. އެންމެ މުއްސަނދިންނަށް ނޫނީ ނުގަނެވޭނެ އަގެއްގައި ހުޅުމާލެއިން މިހާރު ގޯތި ވިއްކަން އެ އުޅެނީ. މިއީ މާލެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. މާލެ ސިޓީ ކައުންސިލުން އެކަން ކުއްވެރިކުރަން." މާލޭގެ ރައްޔިތުންގެ ވޯޓުން ފުރަތަމަ ހޮވި މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އަގުބޮޑުކޮށް މުއްސަނދިންނަށް އެކަނި ގޯތި ގަނެވޭ ގޮތަށް ނިންމި ނިންމުން ބަދަލުކުރަން ސަރުކާރަށް ގޮވާލާފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްފަހު ނޫނީ އެޗްޑީސީގެ ވިޔަފާރި ބޭނުމަށް ގޯތި ވިއްކައިގެންވާނޭކަމަށް ޤަބޫލު ނުކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެޗްޑީސީގެ ޕްލޭން ބަދަލުކޮށް، މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް އެ ޕްލޭން ބަދަލުކުރަންޖެހޭ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ 240 ހެކްޓަރުގެ ބިމުގައި އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި ސަރުކާރުގެ އެކި ބޭނުންތަކަށް ބިން ނަގާފައިވެސް އާއްމު ރައްޔިތުންނަށް މަދުވެގެން 500 ގޯތި ހިލޭ ދޫކުރެވޭނެ ޖާގައެބައޮތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން