އަހުމަދު މަސްނޫމް   3 ސެޕްޓެމްބަރު 2021 - 14:32
ކަޒަކިސްތާންގެ ޤައުމީ އެއަރލައިން، އެއަރ އަސްތާނާއިން އަންނަމަހުގެ ތެރޭގައި ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އެއަރ އަސްތާނާއިން އަންނަމަހު އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައިވެސް އެ އެއަރލައިނުން ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ. އެއިރު އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބޭއްވީ ފިނި މޫސުމާއި ދިމާކޮށް ހަފްތާއަކު 3 ދުވަހުއެވެ.

އެއަރ އާސްތާނާގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.



ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން މިއަހަރު ވަނީ އެއަރ އަސްތާނާއާއި ގުޅިގެން ކެމްޕެއިނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ކެމްޕެއިންގެ ތެރެއިން ދިވެހި ރާއްޖެއަށް ކަޒަކިސްތާންގެ ޓްރެވެލް އެޖެންޓުން ވަނީ ޒިޔާރަތްވެސްކޮށްފައެވެ. އަދި ކަޒަކިސްތާން ހިމެނެނީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން