މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
ޕެންޝަން ފަންޑުން ފައިސާ ނެގޭގޮތަށް ކަނޑައަޅާފައިވާ ކޯވިޑް-19 ގެ އެހީތެރިކަމުގެ ބިލު މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު އަލުން މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ސަޢީދު މިފަހަރު ބިލު ހުށައެޅުއްވީ ކުރިން އޭނާ މި ބިލު މަޖިލީހަށް ހުށައެޅުއްވުމުން މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި ގޮތަށް ރަނގަޅަށް ކަނޑާ ފައްތައިގެން މަޖިލީހުގެ ރައީސް އިރުޝާދު ދެއްވި ބައިތައް ބިލުން އުނިކޮށް ބަދަލު ގެނައުމަށްފަހުގަވެ.

ސައީދު ހުށަހެޅުއްވި ބިލު އިސްލާހު ކުރުމަށް މަޖިލީހުގެ ރިޔާސަތުން އަންގާފައި ވަނީ އެ ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ވެސް ހިމަނާފައި ވާތީއެވެ. މި ބިލު އިސްލާހުކޮށް ފޮނުއްވި ސިޓީގައި ސައީދު ވިދާޅުވީ، ބިލުގައި ހުރި ދައުލަތުގެ އާމްދަނީއަށް އަސަރު ކުރާފަދަ މާއްދާތައް މިހާރު އިސްލާހު ކޮށްފައި ވާނެ ކަމަށެވެ.

ސަޢީދު އެންމެ ފުރަތަމަ ބިލް ހުށައަޅުއްވަން މަސައްކަތް ކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑު އިއްޒަތްތެރި މެމްބަރަށް ދަންނަވައިފިން މެމްބަރޭ ކުޑަކޮށް އަދި ކޮށާ މަށާލާފައި ގެންނަވަން ވީނޫންތޯއޭ. އަދި ރަނގަޅަކަށް ނުފެތެއޭ. ތަޅުއިލި އަޅަންވެގެން އަޅުގަނޑުމެން މިއުޅެނީ. އެހެންވީމަ ރަނގަޅަށް ކަނޑާ ފެއްތީމަ މިކަން ވާނީ." ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ސަޢީދު މިހާރު އިސްލާޙު ކޮށްފައިވާ ބިލްގައިވަނީ ކުރިން ކުލި އުނިކުރުމަށް ހުރި ކަންތައްތައް ކުލި ފަސްކުރުމަށް ހުށައަޅާފައެވެ. އަދި މަސްވެރިންނަށް ތެޔޮދިނުން ދައުލަތަށް ލާޒިމުކުރުމާ ބެހޭބައި އުނިކޮށް، މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން މަސްވެރިން ވިއްކާ މަހުގެ އަގު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ލިބިދިނުމުގެ އިންތިޒާމް ހަމަޖެއްސުން ސަރުކާރުގެ މައްޗަށް ލާޒިމުކުރުމާ ބެހޭބައި އިސްލާޙް ކޮށްފައިވަނީ، އެކަން އެގޮތަށް ކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށެވެ.

ބިލާ އެކު މަޖިލީހުގެ ރައީސަށް ސައީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ބިލުގައި ކުލި ލަސްކުރަން ހުށަހަޅާފައި ވިޔަސް ފަސްކުރާ ކުލި އަނބުރާ ދައްކާ އިރު އިންޓަރެސްޓާ އެކު ދައްކަން އޮތުމުން ދައުލަތުގެ އާމްދަނީ އަށް އަސަރު ނުކުރާނެ ކަަމަށެވެ.

މީގެ އިތުރުން މި ބިލުގައި ރިޓަޔާވުމުން ވަކި އުސޫލަކުން ދޫކުރާ ގޮތަށް ފައިސާ ޖަމާކުރަމުން އަންނަ ޕެންޝަން ފަންޑުގެ ފައިސާ ދޫކުރަން ހުށައަޅާފައިވެސް ވެއެވެ. ބިލުގައި ހުށަހަޅާފައި ވަނީ ކޮންމެ މީހެއްގެ ވެސް ޕެންޝަން ފަންޑުގައިވާ ފައިސާގެ ތިން ބައިކުޅަ އެއްބައި ތިން ފަހަރެއްގެ މަތިން ދޫކުރުމަށެވެ.

މި ބިލުން އާ ބާވަތެއްގެ ޓެކުހެއް ތައާރަފްނުކުރާ ކަމާއި، އަދި ދައުލަތުގެ އާމްދަނީއަށް އުނިއިރުތު ނާންނާނެކަން ކަށަވަރު ކުރުމުގެ ގޮތުން މާއްދާއެއް (14 ވަނަ މާއްދާ) ވަނީ އިތުރުކޮށްފައެވެ.

އިސްލާހުތަކާއެކު ބިލު ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ދިވެހި ގިނަ ރައްޔިތުން ދަތި ހާލުގައި ޖެހި، އަނގައާއި އަތާ ދިމާ ނުވާ ރައްޔިތުންގެ އަދަދު ކޮންމެ ދުވަހަކު އިތުރު ވަމުންދާ ކަމަށެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކާއި، ނޯޕޭ ލީވްގައި ގެޔަށް ފޮނުވާލާ މުވައްޒަފުންނާއި ބަނގުރޫޓު ވަމުންދާ ކުންފުނިތަކުގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން މި ހާލުގައި ވާއިރު، ސަރުކާރުގެ ބުރަހެލިކަމާއި ބަރުހެލިކަމާއި މާލީ ރޭވުންތެރިކަމާއި ފުދުންތެރިކަން ހުރި ގޮތުން އެ ރައްޔިތުންނަށް އެދެވޭ ވަރުގެ އެހީތެރި ކަމެއް ފޯރުކޮށް ދިނުމަށް ނުކުޅެދިފައި ވާ ކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ފަރާތުން، އިސްނަގައިގެން، ރައްޔިތުންނަށް ލުއި ހޯދައި ދިނުމަކީ މަޖިލީހުގެ ދުސްތޫރީ، ގައުމީ، އިޖުތިމާއީ އަދި ދީނީ ވާޖިބެއް ކަމަށް ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ލ

13-May-2020

ރަަގބލ


12

ހުސެއިން

13-May-2020

ކުލި ނުދެްއްކޭ. ވީމާ ފަައިސާ ވަރައް މުުހިއްމު.


2

އިއބޭ

13-May-2020

ވަރަށް ފުރިހަމަ ބިލެއް ނަޝަިދު މި ބިލް ފާސް ކޮށްދެއްވާ



ޓްރެންޑިން