މާފުށި ޖަލުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނި، މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިކަން ހާމަކުރައްވަމުން ވިދާޅުވީ ކޮވިޑް-19ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރި މާފުށީ ޖަލުގެ އޮފިސަރެއް ބުރާސްފަތި ދުވަހު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ.
އެހެންކަމުން ޖަލުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބުރާސްފަތި ދުވަހުގެރޭ 12:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ. މިއާއެކު ގައިދީންގެ ހުރިހާ މޫވްމެންޓެއް މެދުކަނޑާލެވޭނެ ކަމަށާއި، ގައިދީން އެއްތަނުން އަނެއް ތަނަށް ގެންދިއުން މުޅިން މެދުކަނޑާލެވޭނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި މާލެ ޖަލާއި ހުޅުމާލެ ޖަލު ހިމެނެއެވެ. މިފަދަ ކޭސްތަކެއް ފެނިގެން ޖަލުތައް ކުއްލި ހާލަތަށް ގެނެސްފައިވާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ކުށްވެރިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.

މާފުށީ ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން މިއަދު ވަނީ ފައްސިވެފައެވެ. ވީމާ، ޖަލުގެ ސަލާމަތާއި ރައްކަލައްޓަކައި މިރޭ 12 ން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތައް ގެނެވޭނެ. އަދި ވަޤުތީގޮތުން ޤައިދީންގެ ހުރިހާ މޫވްމަންޓްތައް މެދުކަނޑާލެވޭނެ.
— Ahmed Mohamed (@ahumadhumohamed) September 2, 2021
އެހެންކަމުން ޖަލުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބުރާސްފަތި ދުވަހުގެރޭ 12:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ. މިއާއެކު ގައިދީންގެ ހުރިހާ މޫވްމެންޓެއް މެދުކަނޑާލެވޭނެ ކަމަށާއި، ގައިދީން އެއްތަނުން އަނެއް ތަނަށް ގެންދިއުން މުޅިން މެދުކަނޑާލެވޭނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި މާލެ ޖަލާއި ހުޅުމާލެ ޖަލު ހިމެނެއެވެ. މިފަދަ ކޭސްތަކެއް ފެނިގެން ޖަލުތައް ކުއްލި ހާލަތަށް ގެނެސްފައިވާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ކުށްވެރިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު