އެސްޓީއޯއިން ގެންނަ ސިއްހީ ސާމާނު އަގުބޮޑުވަނީ މުދާ އިމްޕޯޓު ކުރުމުގައި މުދާވިއްކާ ފަރާތާއި އެސްޓީއޯއާއި ދެމެދުގައި އެތައް އެޖެންޓުންނަކަށް ބައި އެޅޭތީ ކަމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު، އައްޑޫ ޝަރީފު ވިދާޅުވެއްޖެއެވެ.
އައްޑޫ ޝަރީފް ވިދާޅުވީ އެސްޓީއޯއިން މުދާ ގެންނަނީ "ހަތް ވަނަ ވަކީލުކޮޅުން އެތައް މިޑްލް މެން ކަޓް ލިބޭ ގޮތަށް ވަރަށް އަގުބޮޑުކޮށް." ކަމަށެވެ.
އައްޑޫ ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިކަން ހުއްޓާލާ، މެދުވެރިއަކާނުލައި ސީދާ ބޭސް އުފައްދާ މީހާ އަތުން އެސްޓީއޯއަށް ބޭސް ގަތުމުގެ އިންތިޒާމު ހަމަޖެހިގެން ނޫނީ މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި އެއީ އެސްޓީއޯއަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި ބޭނުންވަނީ ކުޑަ ހިތްވަރެއް ކަމަށްވެސް އައްޑޫ ޝަރީފް ވިދާޅުވިއެވެ.
އަދި ހޮސްޕިޓާތަކާއި ހެލްތު ސެންޓަރުތަކަށް ބޭނުންވާ ތަކެތި ހުސްނުވެ ލިބެން ހުންނާނީ، ދެމެހެއްޓެނެވި ގޮތެއްގައި ސީދާ އުފައްދާ ކުންފުނިން މެޑިކަލް ސަޕްލައި ގަތުމުގެ އިންތިޒާމު ހަމަ ޖެއްސުމަށް ސެންޓްރަލް ޕްރޮކިއުމެންޓް އޮފީހެއް ޤާއިމް ކޮށްގެން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެކަން މިހާރުން މިހާރަށް ކުރުމަށް ޝަރީފު ވަނީ ގޮވާލައްވާފައެވެ.
ކޯވިޑު-19 އާއި ގުޅިގެން ސަރުކާރުން ގަންނަން ނިންމި ވެންޓިލޭޓަރުތައް ގެނެސްދިނުމަށް އެސްޓީއޯއާއިން ވެސް އަގު ހޯދިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އަގު ހުށައެޅި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށައަޅާފައި ވަނީ އެސްޓީއޯ އިން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް އެކުންފުނިން ދީފައިވާ އޮޕްޝަން ތަކުގެ ތެރެއިން ފުރަތަމަ އޮޕްޝަންގެ އަގު ހެޔޮވި ނަމަވެސް އެއީ ހެލްތު މިނިސްޓްރީއަށް ގަންނަން ބޭނުންވާ ވައްތަރުގެ ވެންޓިލޭޓަރ ނޫންކަމަށް ހެލްތު މިނިސްޓްރީން ފަހުން ބުނެފައި ވެއެވެ. އަދި ވެންޓިލޭޓަރަށް އެސްޓީއޯއިން ހުށަހެޅި ދެވަނަ އަދި ތިންވަނަ އޮޕަޝަންގެ އަގު އެތައް ގުނައަކަށް ބޮޑުކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
އައްޑޫ ޝަރީފު ވިދާޅުވި ފަދައިން އެސްޓީއޯއަށް އަބަދުވެސް ބޭހާއި ބައެއް އެހެނިހެން ސާމާނުވެސް ގަންނަނީ އޭޖެންޓުން މެދުވެރިކޮށްގެންނެވެ. މިއީ އެތައް ބަޔަކަށް ބައިއެޅިގެންދާ ކަމަކަށް ވާތީ ލިބެންވާ އެންމެ ރަނގަޅު ފައިދާ އެސްޓީއޯއަށް ނުލިބޭ ވާހަކައާއި އަދި މިކަމުގެ ސަބަބުން ހެއުއަގުގައި މުދާ ވިއްކުމަށް ހުރަސް އެޅޭ ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތު ތަކަކީ މިފަދަ ދަނޑިވަޅުތަކުގައި އަބަދުވެސް އިވޭ އަޑު ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު