ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ރާއްޖެއަށް ގެނައި ތަރައްގީއެއް ނެތް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޖަމީލް މިހެން ވިދާޅުވީ "އައްޑަނަ" ނަމުގައި ރޭ ޕީޕީއެމާއި ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ކުރީގެ ނައިބް ރައީސް ޑރ. މުހަންމަދު ޖަމީލް ވިދާޅުވީ އެމްޑީޕީން ރާއްޖެއަށް ގެނައި ތަރައްގީއެއް ނެތް ކަމަށާއި އެޕާޓީން އެޅި ބްރިޖެއް، އެޅި ފްލެޓެއް ރާއްޖޭގައި ނެތް ކަމަށެވެ. އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދައުލަތުގެ ބައިތުލްމާލުން ވައްކަން ކޮށް ދައުލަތް "ލޫޓުވާ" ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ޑރ. ޖަމީލް ވަނީ މި ސަރުކާރަކީ ރާއްޖެ "ހުސްކުރާ ސޭލް" ގައި ވިއްކަން އައި ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
މީގެ އިތުރުން ޑރ.ޖަމީލް ވިދާޅުވީ ޝަރުއީ ނިޒާމާއި ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެންދަނީ ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު ވަކި ލޯފާމަކަށް ހިބަކޮށްދީފައި އޮތް މަންޒަރު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެެ.
"އެމްޑީޕީން މިފަހަރު އައިސްފައި އެންމެ މޮޅަށް ކުރިކަމަކީ މުޅި ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު ހަމަ ރަނގަޅަށް ޕްރައިވެޓައިޒް ކޮށްލުން. ހިސާން އެންޑް ކޯއަށް ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު ޕްރައިވަޓައިޒްވެ ނިމިއްޖެ." މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިނަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅޭގޮތުން ޑރ. ޖަމީލް ވިދާޅުވީ ސްޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން ކަމަށާ ޕީޕީއެމްގައި އެ ނޫން ނަމެއް ނޯންނާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމިންގެ މައްސަލަ ކޯޓުތަކަށް ވަނުމުން ސަރުކާރުން ހީވީ ފަޅުތެރެއަށް މުށިމަސް އައިނެއް ވަދެގެން އުޅުނުހެން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ތެޅި ފޮޅިގަތީ. އެމީހަކު ބޭނުން ގޮތަކަށް ބޭނުން އެއްޗެއް ލިބޭނޭ. ކަލޭ ބޭނުމީ މަގާމުހޭ، މަތީގައި އެބަހުއްޓޭ ބޮޑު ގޮޅިއެއް ދިއްލާފައި. ކަލެއަށް އޭތި ލިބޭނޭ. ކަލެއަށް އެވެނި އެއްޗެއް ލިބޭނޭ. ބައްލަވާ މިއަދު މި ދައްކަނީ އެ ވާހަކަ އިނގޭތޯ." ދާދިފަހުން ފަނޑިޔާރުންގެ ލީކުވި އޯޑިއޯތަކަށް އިޝާރަތް ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މާލޭގެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި އަހުމަދު ސަމާހު ރަޝީދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވަނީ ސޮއި ކުރައްވާފައެވެ. ރޭގެ ޖަލްސާގައި އިދިކޮޅުގެ ކޯލިޝަންގެ އިސްބޭފުޅުންނާއި ވަރަށް ގިިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު