ހުކުރު ޚުތުބާ ވަކި މައުޝޫއަކަށް ހެދުމަށް ސަރުކާރުން އަންގާފައިނުވާކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ، ޚުތުބާގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށާއި ހުތުބާ އިން ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް އިސްލާމިކް މިނިސްޓްރީއިންނާއި އަދާލަތު ޕާޓީ މަސައްކަތް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ޝިޔާމްގެ އެ ވާހަކަ ތަކާއި ގުޅިގެން ސިޔާސީ ބޭނުމަށް ޚުތުބާއާ ކުޅެމުން އައި އައުން ބަދަލު ކޮށްލީ މިއަދުގެ އިސްލާމިކް މިނިސްޓްރީއިން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ނޫރުލްއިސްލާމް ޖަމިއްޔާގެ ރައީސް އައްޝެއިޚް މުޙައްމަދު އަނީލް ވަނީ ވިދާޅުވެފައެވެެ.

ޝެއިހް އަނިލްގެ އެވާހަކަ ތަކަށް އިޝާރަތް ކުރައްވަމުން ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ހުކުރު ޚުތުބާ ވަކި މައުޟޫއަކަށް ހެދުމަށް ސަރުކާރުން އަންގާފައިނުވާކަމަށެވެ. މިއަދުގެ ޚުތުބާ ތަކަކީ އިބުރަތުން ފުރިގެންވާ ފަދަ ފިލާވަޅުތަކެއް ހިމެނޭ ޚުތުބާ ތަކެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



"ޚުތުބާ ވަކި މައުޟޫއަކަށް ތައްޔާރު ކުރުމަށް ނުވަތަ ވަކި ގައުމެއްގެ ވަކި ވާހަކައެއް ގެނައުމަށް މި ސަރުކާރު އައިފަހުން ހަމަ ޔަގީނުުންވެސް އަންގާފައެއް ނެތް." ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.

ހުކުރު ޚުތުބާ ސިޔާސީ ކުރި ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކާއި ގުޅިގެން ޝެއިޚް އަނީލް ވިދާޅުވީ ޚުތުބާއަކީ ކަލަންޑަރުގެ ދުވަސްތައް ފާހަގަ ކުރާ އެއްޗަކަށް ހަދާފައި ވަނިކޮށް، އެގޮތް ދޫކޮށް ހާލަތާ ގުޅޭ ޚުތުބާތަކެއް ގެނެސް، ޚުތުބާ ސިޔާސީވުމުން ސަލާމަތް ކުރީ މި ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ނެރުނު "ހާކިމާއަކީ ނިޢުމަތެއް" ފަދަ ސިޔާސީ ޚުތުބާތަކުގެ މަތިން ހަނދާން ނުނެތޭ ކަމަށް ވެސް ޝެއިޚް އަނީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު