ގްރޭޑް އެކެއްގެ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ގުރުއާން ފޮތުގައި ދެ ސޫރަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައެއް ދީނީ އިލްމްވެރިން ސަމާލު ކަމަށް ގެންނަވައިފިއެެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝެއިހް އަލީ ޒައިދު ވިދާޅުވީ ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ނަބަޢަ ސޫރަތާއި ނާޒިޢާތު ސޫރަތް އޮޅިފައިވާ ކަމަށެވެ. އެ ފޮޓޯތަކުގައި އޭނާ ވަނީ އެ ދެ ސޫރަތުން އޮޅިފައިވާ ބައި ފާހަގަކުރައްވައި އެކަމަށް އާއްމުން ސަމާލުވުމަށް އެދިވަޑައިގެންފައެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެފަދަ ކުށެއް ގްރޭޑް އެކެއްގެ ފޮތުގައި އޮތްކަން ފާހަގަވީ ދަރިވަރަކަށް ކަމަށެވެ. ޝަހީމް ވިދާޅުވީ އެކަން ވީހާވެސް އަވަހަށް އިސްލާހު ކުރަންޖެހޭ ކަމަށެވެ. އެ ދަރިވަރަށް ޑރ. ޝަހީމް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
"ގްރޭޑް 01 ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީ. މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރު." ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ދީނީ އިލްމްވެރިޔާ ޑރ. އިޔާޒްވެސް ވަނީ އެކަން ވީހާވެސް އަވަހަށް ރަނގަޅު ކުރުމަށް ގޮވާލައްވާފައެވެ.
މިމައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

Grade 1 ge Quran foy. Naba'a soosathaa naazi'aath sooray mix vefa aayay thah! Mihen ve mikamah aammun samaal velehvun edhen. pic.twitter.com/QqtXuvGKNl
— Ali Zaid (@alizaid1000) September 4, 2021
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެފަދަ ކުށެއް ގްރޭޑް އެކެއްގެ ފޮތުގައި އޮތްކަން ފާހަގަވީ ދަރިވަރަކަށް ކަމަށެވެ. ޝަހީމް ވިދާޅުވީ އެކަން ވީހާވެސް އަވަހަށް އިސްލާހު ކުރަންޖެހޭ ކަމަށެވެ. އެ ދަރިވަރަށް ޑރ. ޝަހީމް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
Grade 1 ge Quran fothuga 2 sooreh ge aayaythah eh sooratheh ge gothuga. Miee mistakeh. Mikan e fothun rangalhu kurevvun varah muhimmu @aisthly pic.twitter.com/TSqzLiltgK
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 4, 2021
"ގްރޭޑް 01 ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީ. މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރު." ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ދީނީ އިލްމްވެރިޔާ ޑރ. އިޔާޒްވެސް ވަނީ އެކަން ވީހާވެސް އަވަހަށް ރަނގަޅު ކުރުމަށް ގޮވާލައްވާފައެވެ.
މިމައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު