ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ ބަޔާނެއް ނެގުމަށް އިނގިރޭސިވިލާތަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ނެތްކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ ހައެއް މޭގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ޕީޖީއާއި ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދާން ނިންމާފައިވާ ވާކަމުގެ ވާހަކަތައް ފެތުރުމާއި ގުޅިގެން އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަން ފެށުމުންނެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް އިނގިރޭސިވިލާތަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ އެމަނކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި ދިވެހި ފުލުހުން އިނގިރޭސިވިލާތުގެ އިދާރާތަކާއި މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ ބަޔާނެއް ނެގުމަށް އިނގިރޭސިވިލާތަށް ފުލުހުންނާއީ ޕީޖީގެ ޓީމެއް ދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ދެއްވަންޖެހޭ ބަޔާން ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށްކަމަށް އެމަނިކުފާނުގެ ވަކީލުން ޕީޖީއަށް އެންގުމާއި ގުޅިގެންނެވެ.
ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާން ދެއްވާނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް ނާޒިމް ފަހުން ޕީޖީއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާއާ ގުޅޭގޮތުން ބަޔާންދެއްވުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ތައްޔާރަށްކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މިމައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވަނީ ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒާއި ޝައިޚު ޒައިދާ ދެބޭފުޅުންނެވެ.

Alhugaduge bayaaneh negumah bayaku anaan jehey sababeh nufeney. Miee alhugaduge mahchah ufuley dhauva eh noon. Ehenas MPS in UK ge idhaarathakai mashvara kurumakee beynuntheri kamehkamah dheken.
— Mohamed Nasheed (@MohamedNasheed) September 4, 2021
ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ ބަޔާނެއް ނެގުމަށް އިނގިރޭސިވިލާތަށް ފުލުހުންނާއީ ޕީޖީގެ ޓީމެއް ދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ދެއްވަންޖެހޭ ބަޔާން ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށްކަމަށް އެމަނިކުފާނުގެ ވަކީލުން ޕީޖީއަށް އެންގުމާއި ގުޅިގެންނެވެ.
ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާން ދެއްވާނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް ނާޒިމް ފަހުން ޕީޖީއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާއާ ގުޅޭގޮތުން ބަޔާންދެއްވުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ތައްޔާރަށްކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މިމައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވަނީ ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒާއި ޝައިޚު ޒައިދާ ދެބޭފުޅުންނެވެ.
ކިޔުންތެރިންގެ ހިޔާލު