ސަރުކާރުގެ ފަރާތުން ކަންކަމަށް ޖަވާބުދާރީވަނީ ޑރ. އިޔާޒުތޯ ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ޑރ، އިޔާޒަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ހުކުރު ހުތުބާވެސް ސިޔާސީކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިސްލާމިކް މިނިސްޓްރީގެ ބަދަލުގައި ސަރުކާރުގެ ބަސް ކަމަށް ދޭހަވާ އިބާރާތުން ޑރ. އިޔާޒު ރައްދުދެއްވަމުންދާތީއެވެ.
އެގޮތުން ޚުތުބާގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށާއި ހުތުބާއިން ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަތަކަށް ޑރ. އިޔާޒު ވަނީ ރައްދު ދެއްވާފައެވެ.
ޝިޔާމްގެ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ހުކުރު ޚުތުބާ ވަކި މައުޟޫއަކަށް ހެދުމަށް ސަރުކާރުން އަންގާފައިނުވާކަމަށެވެ. އަދި މިހާރު ކިޔާ ޚުތުބާތަކަކީ އިބުރަތުން ފުރިގެންވާ ފަދަ ފިލާވަޅުތަކެއް ހިމެނޭ ޚުތުބާތަކެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
އިޔާޒުގެ ވާހަކަތަކާއި ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވަނީ މިހާރު އިސްލާމިކް މިނިސްޓަރަކީ ޑރ. އިޔާޒުތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އުޅެނީ އިސްލާމިކް މިނިސްޓަރ ގެއްލިގެންކަމަށާއި އެއީ އުޅޭމީހެއްކަންވެސް ނޭނގޭކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެއިތުރުން އިސްލާމިކް މިނިސްޓަރ އެކަމަށް ޖަވާބުދާރީކުރުވުމަށް އިޔާޒު އަރިހުން ޝުޖާއު އެދިވަޑައިގަތެވެ.
ޝުޖާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ ރައްޔިތުންނަށް ޙަގީގަތް އޮޅޭގޮތަށް ވާހަކަދެކެވޭތީ އޭނާއަށް ޔަގީނުންވެސް އެނގޭ ކަމެއް ހާމަނުކޮށް ހުރުމަކީ ޚިޔާނާތެއްކަމަށެވެ. އަދި ޚުޠުބާ ލިޔުއްވާ ބޭފުޅުންނަށް ވަރަށް މިނިވަންކަން އޮންނަކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
އިޔާޒުގެ ވާހަކަތަކަށް އަނެއްކާވެސް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އިދިކޮޅުން ވާހަކަ ދައްކަނީ ހަގީގަތާއި އެއްގޮތަށްކަމަށެވެ.
"ބަރާބަރަށް ހަޤީޤީ ވާހަކަ މިދައްކަނީ އިގޭތޯ. ޑރ. މެންގެ ކޯލިޝަނުން އަބުރު ޤާނޫނު ހެދީމާވެސް ޖޯކު ޖެއްސެވި. ދެން ތިޔަ ހައްދަވަނީ ޚުޠުބާ، އަބުރާ ބެހުމަކީ ނުބައި ކަމެއްކަމަށް! މިކަން ދެކޮޅު ޖައްސާނީ ކިހިނެއް؟" ޝުޖާއު ވިދާޅުވިއެވެ.

މިހާރު ޑރ.@dr_iyaz ތޯ ސަރުކާރުގެ ފަރާތުން ޖަވާބުދާރީ ވަނީ؟އަޅުގަނޑުމެނަށް މިއުޅެނީ އިސްލާމިކް މިނިސްޓަރ ގެއްލިގެން.އެއީ އުޅޭމީހެއްކަންވެސް ނޭގޭ!ޑރ.މިބޭފުޅާ ލައްވާ މިކަމަށް އެއްޗެއް ވިދާޅުވެލައްވާ. https://t.co/sB4rJBswKS
— Ibrahim Shujau (@IbrahimShujaau) September 4, 2021
ޝުޖާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ ރައްޔިތުންނަށް ޙަގީގަތް އޮޅޭގޮތަށް ވާހަކަދެކެވޭތީ އޭނާއަށް ޔަގީނުންވެސް އެނގޭ ކަމެއް ހާމަނުކޮށް ހުރުމަކީ ޚިޔާނާތެއްކަމަށެވެ. އަދި ޚުޠުބާ ލިޔުއްވާ ބޭފުޅުންނަށް ވަރަށް މިނިވަންކަން އޮންނަކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
ރަޢްޔިތުންނަށް ޙަގީގަތް އޮޅޭގޮތަށް ވާހަކަދެކެވޭތީ އަޅުގަޑަށް ޔަގީނުންވެސް ސާފު ޙަގީގަތް ހާމަނުކޮށް ހުރުމަކީ ޚިޔާނާތެއް. ޚުޠުބާ ލިޔުއްވާ ބޭފުޅުންނަށް ވަރަށް މިނިވަންކަން އޮވޭ. މާޝާﷲ.
— Dr.Mohamed Iyaz (@dr_iyaz) September 4, 2021
އިޔާޒުގެ ވާހަކަތަކަށް އަނެއްކާވެސް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އިދިކޮޅުން ވާހަކަ ދައްކަނީ ހަގީގަތާއި އެއްގޮތަށްކަމަށެވެ.
"ބަރާބަރަށް ހަޤީޤީ ވާހަކަ މިދައްކަނީ އިގޭތޯ. ޑރ. މެންގެ ކޯލިޝަނުން އަބުރު ޤާނޫނު ހެދީމާވެސް ޖޯކު ޖެއްސެވި. ދެން ތިޔަ ހައްދަވަނީ ޚުޠުބާ، އަބުރާ ބެހުމަކީ ނުބައި ކަމެއްކަމަށް! މިކަން ދެކޮޅު ޖައްސާނީ ކިހިނެއް؟" ޝުޖާއު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު