ގްރޭޑް އެކެއްގެ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ގުރުއާން ފޮތުގައި ދެ ސޫރަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ނަބަޢަ ސޫރަތާއި ނާޒިޢާތު ސޫރަތް އޮޅިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ދެ ސޫރަތުން އޮޅިފައިވާ ބައި ފާހަގަކުރައްވައި އެކަމަށް އާއްމުން ސަމާލުވުމަށް އެދިވަޑައިގެންފައިވެއެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގުރޭޑު 1 ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓުކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށެވެ. އަދި މިކަން އެ މިނިސްޓްރީއަށް ފާހަގަވި ހިސާބުން އެކަން ޙައްލުކުރުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީ އިން ފަށާފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން މައްސަލަ ދިމާވި ޤުރުއާން ފޮތުގެ އެސަފްޙާ ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
މިފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލާ ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށް އެޑިއުކޭޝަނުން ބުނެފައި ވެއެވެ. އެހެންކަމުން މިމައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު