ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ މަޝްވަރާކުރިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް މިއަދު މީޑިއާގައި ދެއްކެވި ވާހަކަތަކެއްގައެވެ.
ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ގާޒީ ނަޖީބް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުނީ އަދުލުވެރިކޮށް ނޫންކަމަށެވެ. އެގޮތުން ކޯޓަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރު އޭރު މައްސަލަ ބައްލަވަމުން ގެންދެވި ކޯޓުގެ އިސް ގާޒީ ހައިލަމާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން ނަޖީބް ފާހަގަކުރެއްވިއެވެ.
ނަޖީބް ވިދާޅުވީ ހައިލަމާއި އަލީ ޒާހިރާ ދެމެދު ދެކެވުނު ވާހަކައެއްގައި ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާއި ގުޅޭގޮތުން ހުރިހާ ކަމެއް ނިމިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވި އަޑު އިވިވަޑައިގެންނެވިކަމަށް ކުރީގެ ގާޒީ ނަޖީބް ވިދާޅުވިއެވެ. އަދި އޭރު ކޯޓުގައި އޮތީ އަދީބާއި ޒިޔަތުގެ ފާސިގު ހެކި ބަސް ބަލައިގަތުމާއި މެދު ގޮތެއް ނިންމުންކަމަށްވެސް ނަޖީބު ވިދާޅުވިއެވެ. އެހެންކަމުން ހައިލަމަށް ސިޔާސީގޮތުން އޮތް ނުފޫޒު ވަރަށް ސާފުކަމަށް ނަޖީބް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީނަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދަކީ ރައީސް ޔާމީން ދެކެ ވަރަށް ރުޅި އަންނަ ބޭފުޅެއްކަމަށް އަލީ ރަޝީދު އަމިއްލަފުޅަށް ވިދާޅުވެފައިވާކަމަށްވެސް ނަޖީބް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ކުރެއްވި ހުކުމަކީ އަލީ ރަޝީދު އަމިއްލައަށް ކުރެއްވި ހުކުމެއްކަމަށާއި، އެވާހަކަ ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުންވެސް ވިދާޅުވެފައިވާކަމަށް ނަޖީބް ވިދާޅުވިއެވެ. އަދި މިހާރު ބައެއް ފަނޑިޔާރުން އެވާހަކަތައް ދޮގު ކުރެއްވިނަމަވެސް، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ލިޔުނީ އެ ފަނޑިޔާރުން ނޫންކަމަށް ވިދާޅުވި އަޑު އެއްސެވިކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ހުކުމް ކުރި ގޮތާއި ބެހޭގޮތުން މިއަދު އިތުރު ވާހަކަތަކެއް ހާމަވެފައިވާއިރު މީގެކުރިން ވަނީ އެހުކުމާ ބެހޭގޮތުން ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯތަކެއް ވެސް ލީކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު