އިންޑިިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޞާލިޙް- ޞާލިޙް ވިދާޅުވަނީ ދެއްވި ކާޑުކޮޅަކީ މިވަގުތަށް ހަމަ ރަނގަޅު ހަދިޔާއެއް ކަމަށް
އިންޑިިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޞާލިޙް- ޞާލިޙް ވިދާޅުވަނީ ދެއްވި ކާޑުކޮޅަކީ މިވަގުތަށް ހަމަ ރަނގަޅު ހަދިޔާއެއް ކަމަށް
އިންޑިއާއަކީ ހަގީގީ މިތުރެއްކަން މި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަމުންވެސް އެނގިގެންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއިން މި ފަހުން ހަދިޔާކުރި އަސާސީ ކާބޯތަކެއްޗަކީ ވެސް މިހާރަށްބަލާއިރު ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އަދި މިއުނދަގޫ ދަނޑިވަޅުގައިވެސް އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުންދާކަމީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދޭކަމެއްކަމަށް ސާލިޙް ވިދާޅުވިއެވެ. އަދި އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިންޑިޔާއިން މިއަދުވަނީ 580 ޓަނުގެ ކާބޯތަކެތި ރާއްޖެއަށް ގެނެސްފައެވެ. މިތަކެތި ރާއްޖެއަށް ގެނެސްފައިވަނީ، އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ކޭސަރީ ގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެހީގެ ގޮތުގައި ގެނައި ތަކެތީގެ ތެރޭގައި ކާޑު ބާވަތްތަކުގެ ގޮތުގައި 200 ޓަނުގެ ހަނޑުލާއި 140 ޓަނުގެ ގޮދަން ފުށާއި 90 ޓަނުގެ ހަކުރު ހިމެނެއެވެ. މީގެއިތުރުން 120 ޓަނުގެ ރީނދޫ މުގާއި 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުއި ވެސް ހިމެނެއެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީއަކީ އިންޑިއާގެ "އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް" (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ތަކުރު

13-May-2020

އޮޅުވާ ނުލައްވާ ! އިންޑިޔާ އަކީ ބޮޑު ހަތުރެއް . މިބިން ފޭރިގަންނަން އުޅޭ ގޮރު ގެރިއެއް


4

ޠައުސިން

13-May-2020

އެއީ މަކަރުވެރި ހަތުރެއް.



ޓްރެންޑިން