ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ކުރީގެ ނާއިބު ރައިސް އަލީ ޒާހިރާ ގުޅޭގޮތުން ކުރީގެ ބައެއް ފަނޑިޔާރުން ދެއްކެވި ވާހަކަ ތަކަށް ޑރ. މުހައްމަދު އިޔާޒާއި ޝައިހު އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ބައެއް ފަނޑިޔާރުން ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެކިއެކި މައްސަލަތަކުގައި އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
އެވާހަކަތަކާއި ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ އޭނާ އަލީ ޒާހިރު ދެނެވަޑައިގަންނަވާތާ 23 ވަރަކަށް އަހަރު ވެއްޖެކަމަށާއި، ދުވަހަކުވެސް ޚިޔާނާތެއްވެފައެއް ނެތްކަމަށެވެ. އަދި ދުވަހަކުވެސް ނުޙައްގު ގޮތުން ކަމެއް ޙާޞިލު ކުރަން މަސައްކަތް ކުރަށްވާފައެއް ނެތްކަމަށްވެސް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން ބަޔަކު މީހުން އަލީ ޒާހިރުގެ ބޮލުގައި އަޅުވާ އިލްޒާމުތަކަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
"ތުހުމަތު ކުރައްވާ ބޭފުޅުން ހެކިދައްކަވާ. އެއްޗެއް ހުރިނަމަ ނުނެރެވިގެން އުޅެނީ ކީއްވެތޯ؟ ތައްޔާރުކޮށް ނުނިމެނީތޯ؟ ދޮގު ހެއްކެއް ނޫނީ ނުދެއްކޭނެކަން ޔަގީން." އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ ހަމަޔަގީނުންވެސް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަކީ ވަޒީފާގެ ދަހިވެތިކަމުގައި ދީނާއި ޢިއްޒަތުއްނަފްސު ވިއްކާލާނެ ބޭފުޅުން ނޫންކަމަށެވެ.
މިކަމާއި ގުޅިގެން ޝައިހް ޒައިދު ވިދާޅުވީ އަލީ ޒާހިރާ ގުޅޭގޮތުން ދޮގު ވާހަކަތައް އުފައްދަނީ ރައީސް ޔާމީން މިނިވަންކުރުވަން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރަން ދޮގު ނުހަދާ އިހްލާސްތެރި މަސައްކަތްތަކެއް ކުރުމަށްވެސް ޒައިދު ގޮވާލެއްވިއެވެ.
ޒައިދު ވިދާޅުވި އަލީ ޒާހިރާ ގުޅޭގޮތުން ދައްކަނީ ސާބިތު ނުހިފޭ ޔޯލަޔޯލަ ބާތިލް ވާހަކަތަކެއްކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާއި އަލީ ޒާހިރަކީ ވަޒީފާގެ ދަހިވެތިކަމުގައި ދީނާއި ޢިއްޒަތުއްނަފްސު ވިއްކާލާނެ ބައެއް ނޫންކަމަށް ޒައިދު ވިދާޅުވެފައި ވާއިރު، އިމްރާނު މީގެކުރިން ވަނީ ރައީސް ނަޝީދަށާއި އެމްޑީޕީއަށް ބޮޑެތި ތުހުމަތު ތަކެއް ކުރަށްވައި އަދި ދުވަހަކުވެސް ރައީސް ނަޝީދާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ނުކުރަށްވާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރު ގެނައުމަށް އެމްޑީޕީއާއި އަދި ރައީސް ނަޝީދާއެކުގައި އިމްރާން ވަނީ މަސައްކަތް ކުރަށްވައި އަދި މިސަރުކާރުގެ ވަޒީރުކަން ވެސް ބޭނުން ކުރަށްވާފައެވެ. އަނެއްކޮޅުން އިމްރާނަކީ ރައީސް ޔާމިންގެ އިސްތަށިފުޅުގައި މަރުހޫމް ޑރ. އަފްރާޝީމުގެ މަރުގެ ތުހުމަތުވެސް އަޅުވައިގެން ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ.
ކުރީގެ ފަނޑިޔާރުންތަކެއް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަލީ ޒާހިރަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާއިރު، އޭގެތެރޭގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވައެވެ.

އަޅުގަޑު @alixahir ދަންނަތާ 23 ވަރަކަށް އަހަރު ވެއްޖެ. ދުވަހަކުވެސް ޚިޔާނާތެއްވެފައެއް ނެތް. އަދި ދުވަހަކުވެސް ނުޙައްގު ގޮތުން ކަމެއް ޙާޞިލު ކުރަން މަސައްކަތް ކޮށްފައެއް ނެތް. ވީމާ، ބަޔަކު މީހުން އޭނާގެ ބޮލުގައި އަޅުވާ އިލްޒާމު ތަކަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން.
— Dr.Mohamed Iyaz (@dr_iyaz) September 4, 2021
މިކަމާއި ގުޅިގެން ޝައިހް ޒައިދު ވިދާޅުވީ އަލީ ޒާހިރާ ގުޅޭގޮތުން ދޮގު ވާހަކަތައް އުފައްދަނީ ރައީސް ޔާމީން މިނިވަންކުރުވަން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރަން ދޮގު ނުހަދާ އިހްލާސްތެރި މަސައްކަތްތަކެއް ކުރުމަށްވެސް ޒައިދު ގޮވާލެއްވިއެވެ.
Ali Zahir ey kiyaigen dhogu ufahdhaigen RY minivankuran ulhumaky hadi kameh! Buhuthaanu dhogu nahadhai thedhuveri kamaa eku RY minivan kurumah masahkai kurumah ppm beyfulhunnah govaalan! Ali zahir boluga thuhumathu alhuvaairu heki nugeney! Hus yoala vaahaka thah! Baathil vaahaka.
— Ali Zaid (@alizaid1000) September 4, 2021
ޒައިދު ވިދާޅުވި އަލީ ޒާހިރާ ގުޅޭގޮތުން ދައްކަނީ ސާބިތު ނުހިފޭ ޔޯލަޔޯލަ ބާތިލް ވާހަކަތަކެއްކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާއި އަލީ ޒާހިރަކީ ވަޒީފާގެ ދަހިވެތިކަމުގައި ދީނާއި ޢިއްޒަތުއްނަފްސު ވިއްކާލާނެ ބައެއް ނޫންކަމަށް ޒައިދު ވިދާޅުވެފައި ވާއިރު، އިމްރާނު މީގެކުރިން ވަނީ ރައީސް ނަޝީދަށާއި އެމްޑީޕީއަށް ބޮޑެތި ތުހުމަތު ތަކެއް ކުރަށްވައި އަދި ދުވަހަކުވެސް ރައީސް ނަޝީދާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ނުކުރަށްވާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރު ގެނައުމަށް އެމްޑީޕީއާއި އަދި ރައީސް ނަޝީދާއެކުގައި އިމްރާން ވަނީ މަސައްކަތް ކުރަށްވައި އަދި މިސަރުކާރުގެ ވަޒީރުކަން ވެސް ބޭނުން ކުރަށްވާފައެވެ. އަނެއްކޮޅުން އިމްރާނަކީ ރައީސް ޔާމިންގެ އިސްތަށިފުޅުގައި މަރުހޫމް ޑރ. އަފްރާޝީމުގެ މަރުގެ ތުހުމަތުވެސް އަޅުވައިގެން ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ.
ކުރީގެ ފަނޑިޔާރުންތަކެއް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަލީ ޒާހިރަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާއިރު، އޭގެތެރޭގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު