މިއަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ބާއްވާ ޕްރެސް ކޮންފަރެންސް އޮންނާނީ މާދަމާ މެންދުރު 12:30 ގައި އޮންލައިންކޮށެވެ. މިއީ މެއި 6 ގެ ހަމަލާއަށްފަހު ރައީސް ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރައީސް ނަޝީދު މިހާރުވެސް ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
ރައީސް ނަޝީދު މީގެކުރިން ވަނީ އާސްކް ސްޕީކަރ ޕްރޮގްރާމެއްވެސް ބާއްވަވާފައެވެ. އެއީވެސް ބޮމުގެ ހަމަލާއަށްފަހު ބޭއްވި އެ ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމެވެ.
ރައީސް ނަޝީދު މާދަމާ ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ޔޫކޭއަށް ކަމާއިބެހޭ ފަރާތްތަކުން ދިއުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ބަޔާނެއް ނަގަން ޔޫކޭއަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު