ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މަގާމުން ވަކިކޮށް، ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބުދުއްރަހީމް އަބުދު ﷲ މިރޭ ގޮވާލައްވައިފިއެވެ.
ޕްރޮގުރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ އަލީ ޒާހިރުގެ ނުފޫޒު އޮވެގެން ކަމަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާކަން ބައެއް ފަނޑިޔާރުންނާއި ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. މިހާރު ދައުރުވަމުން އަންނަ އޯޑިއޯތަކުން އިވިގެން ދަނީ ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އަޑުކަން ކަށަވަރުވާ ކަމަށް ހައި ކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވިދާޅުވެފައިވާތީ އެ ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަން އިތުރަށް ޔަގީންވެފައިވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރެއިން މިރެއަށް މަގާމުން ވަކިކޮށް ރައީސް ޔާމިނަށް ހުކުމްކުރި ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
"މިރެއިން މިރެއަށް އަލީ ޒާހިރު މަގާމުން ވަކި ކުރުމަށް އަޅުގަނޑުމެން މި ކޯލިޝަންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަން. ހަމަ އެއާއި އެކީ މިދެންނެވި ތިން ފަނޑިޔާރުން މިރެއިން މިރެއަށް ސަސްޕެންޑްކޮށް ދެއްވަން ވީ. އެއަށްފަހު މި ބޭފުޅުންގެ ތަހުގީގު ހިންގަވައި ދެއްވަންވީ. މިކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދެއްވަންވީ، ހަމައެއާއެކު ރައީސް ޔާމިން މިނިވަން ކޮށްދެއްވަންވީ." އަދުރޭ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ވަރަށް ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބޭއްވުމުން ސަރުކާރު ސިއްސައިގެން ހިގައްޖެ ކަމަށެވެ. އަދި ޖަލްސާ އާއި ގުޅިގެން ތެޅި ފޮޅިގަނެގެން މާދަމާ ރައީސް ޔާމިން ކޯޓަށް ހާޒިރުކުރަން ނިއްމައިފައިވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން މާ ފަސޭހަ ގޮތެއް އެބައޮތޭ އެގޮތަކީ ރައީސް ޔާމިން އާއެކީގައި އިދިކޮޅު ހުރިހާ އެންމެން ގެންގޮސް ޖަލަށްލައިދޭށޭ. ހުކުމެއް ކޮށްފައި އޭރުން ސަރުކާރުން ނުޖެހޭނެތާ އިދިކޮޅުން ދައްކާ ވާހަކަ އަޑުއަހައި އިދިކޮޅުގެ އުދަނގުލާ ހުރެ އުޅޭކަށެއް، މި ސަރުކާރު ހިންގުމަށް އެންމެ ފަސޭހަ ވާނެ ގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭނެ ގޮތަކީ އެއީ." ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަހުމަދު ހައިލަމަށް އަލީ ޒާހިރު ގުޅާފައި ހައިލަމަށް ސުޕްރީމް ކޯޓުން ޖާގަ ކަށަވަރު ވެފައިވާ ކަން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ހައިލަމް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު