ރާއްޖޭގައި ޝަރީޢަތްތަކަށް ކުރިން ނުފޫޒު ފޯރުވި މީހުން ހީކުރަނީ އަދިވެސް އެކަން އެގޮތަށް ކުރާނެކަމަށް ކަމުގައި ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ފަނޑިޔާރުންތަކެއް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. އިޔާޒު ވިދާޅުވީ ‏ރާއްޖޭގައި ޝަރީޢަތަށް ނުފޫޒު ފޯރުވި ޒަމާން اللهގެ ރަޙްމަތާއެކު ނިމި ހިނގައްޖެކަމަށެވެ. އަދި ކްރިމިނަލް ކޯޓުަގައި ބަރިބަރިޔަށް ޙުކުމްޖެހި ފަނޑިޔާރުންގެ ޒަމާންވެސް الله ގެ ރަޙްމަތާއިއެކު ވަނީ ނިމިގޮސްފައިކަމަށް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ އޭރު އެކަން ކުރި މީޙުންނަށް ހީވާނީ މިހާރުވެސް އެކަން އެގޮތަށް ކުރާނެކަމަށްކަމަށެވެ.



އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ބައެއް ފަނޑިޔާރުން ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެކިއެކި މައްސަލަތަކުގައި އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންކަންވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް ސަރުކާރުން މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު