ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް އަސަރުކުރާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައިވެސް ކޯވިޑްގެ ކަންކަމާއި އިގްތިސާދު އާރާސްތުކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަރަށް ފުރިހަމައަށް މެނޭޖްކުރެއްވިކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯވިޑްގެ ތެރެއިން އިގްތިސާދީގޮތުން ކުރިއެރުންތަކެއް ހޯދިނަމަވެސް، ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ހިނގާ ސިޔާސީ ހަމަނުޖެހުމަކީ އެކަމަށް އޮތް ބިރެއް ކަމަށެވެ. އަދި ވެރިކަންކުރާ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުންތައް ހައްލުކުރަން ޖެހޭކަމަަށްވެސް ޝަރީފް ވިދާޅުވިއެވެ.



އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، ރައީސް ސާލިހާއި ރައީސް ނަޝީދާ އޮތް ސިޔާސީ ގުޅުންވެސް ވަނީ ކެނޑިފައެވެ. އަދި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފަށްޓަވާފައިވާއިރު، އެކަމާއި ގުޅިގެންވެސް ޕާޓީގެ ތެރޭގައި ވަނީ އިތުރަށް ބައިބައިވުން އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު