ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ކްރިމިނަލް ކޯޓުގައި އެގޮތަށް ނިއްމާފައިވަނީ ރ. ފުއްގިރި މައްސަލައިގައި ދައުވާ ކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ. ކްރިމިނަލް ކޯޓުގައި މިއަދު ނިއްމި ނިއްމުމުގައިވަނީ ފުއްގިރި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ދައުވާތަށް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް މީގެ ކުރިން ވަނީ ހުށައަޅާފައެވެ. ފުއްގިރި މައްސަލައިގައި މިއަދު ތާވަލްކޮށްފައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ބަލައި ނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތަކާމެދު ގޮތެއް ނިންމުން ނަމަވެސް އެކަމަށް ގޮތެއް ނުނިމި އަޑުއެހުން ވަނީ ނިއްމާލާފައެވެ.
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ 86 ހެކީގެ ތެރެއިން ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ހެކިބަސް ނުނެގުމަށް ވަނީ ހުށައަޅާފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑީގައި ވަނީ އެ ދެ މީހުން ކަމަށާއި އެ ދެ މީހުންނަކީ ދައުވާ ލިބޭ ފަރާތަށް "ހެކި ދިނުމަށް އުފައްދާފައިވާ މެޝިންތަކެއް" ކަމަށް ވުން ކަމުގައި ހިމެނޭ ކަމަށް ރައީސް ޔާމިންގެ ފަރާތުން އެ ދެ ހެކި ބަލައިނުގަތުމަށް ހުށައެޅި ސަބަބުތަކުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް އިތުރު ޝަފަހީ ހެކިތަކާއި ކިތާބީ ހެކިން ބަލައި ނުގަތުމަށް ވެސް ރައީސް ޔާމިންގެ ފަރާތުން ވަނީ އެދިފައެވެ.
ރައީސް ޔާމީން ފިޔަވައި ދެން ފުއްގިރި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ އަޑުއެހުން މިމަހުގެ 16 ވަނަ ދުވަހުގެ އެކި ގަޑިތަކަށް ވަނީ ޝެޑިއުލްކޮށްފައެވެ. ރައީސް ޔާމީންގެ ބައި ދެން ކުރިއަށް ގެންދާނެ ދުވަހެއް ގާޒީ ހާމައެެއް ނުކުރައްވައެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދައުލަތުން ވަނީ ރައީސް ޔާމިންގެ މައްޗަށް ދެ ދައުވާ އުފުލާފައެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.
ދައުލަތުން އުފުލާފައިވާ ދައުވާގައިވަނީ ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށް ކަމަށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން ކަމަށް އެ ދައުވާގައިވެއެވެ.
ރައީސް ޔާމިން މިހާރު ވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގެ ފަސް އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެެވެ. ޢެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގައެވެެ.

ކިޔުންތެރިންގެ ހިޔާލު