ރާއްޖޭގައި ހިނގަމުންދާ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވައިދޭން މަޖިލީޙުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ ގޮވާލައްވައިފިއެވެ.
ރީކޯ މޫސަ މިކަމަށް ގޮވާލެއްވީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރުތައް އުފެދި، ޑޮލަރުގެ އަގުބޮޑުވުމުގެ ޝަކުވާ އިވެމުންދާ ދަނޑިވަޅެއްގައެވެ.
މޫސަ ވިދާޅުވީ ބިދޭސީން ޑޮލަރުގެ ވަގު ވިޔަފާރި ފާޅުގައި ކުރަމުންދާކަމަށެވެ. އަދި ހެންވޭރުގެ ވަކި ސަރަޙައްދެއްގައި ވަރަށް ފާޅުގައި އެކަންކުރަމުންދާކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ އެކަމަށް ފާޑު ކިޔުމުންވެސް ބިދޭސީންގެ ހައްގަށް އުނިކަން އަތުވެދާނެކަމަށް ބުނެ ބަޔަކު ކޯޓަށް ގޮސްދާނެކަމަށާއި، އޭގެކުރިން އެފަދަ ކަންކަން ހުއްޓުވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަށް ގޮވާލައްވާފައެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބުން ތާށިވެ ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. މިހާރު މަޑުމަޑުން އިޤްތިޞާދު ހަމައަކަށް އެޅެމުންދިޔަނަމަވެސް، އަދިވެސް ޑޮލަރުގެ އަގު ކޯވިޑްގެ ކުރިން ހުރި ވަރަށް ގޮސްފައެއް ނުވެއެވެ. އެކަމާއި ގުޅިގެން މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑޮލަރުގެ ކަޅު ބާޒާރުތައް ވަނީ އުފެދިފައެވެ.

ޑޮލަރުގެ ކަޅުބާޒާރު ފާޅުގާ ބިދޭސީންގެ ވަގު ވިޔަފާރިއަކަށްވެ ވަރަށްފާޅުގަ އެކަން އެ ހިނގަނީ ހެނވޭރު ވަކިސަރަހައްދެއްގަ , މިކަމަށްވެސް ފާޑުކީމަ ބިދޭސީންގެ ޙައްގަށްއުނިކަން އަތުވެދާނެތީ ބަޔަކު ކޯޓަށްދިއުމުގެކުރިން @ShimranAb މިކަންހުއްޓުވާދެއްވާ
— Moosa Maniku (Reeko) (@ReekoMoosa) September 5, 2021
ކޯވިޑާއި ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބުން ތާށިވެ ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. މިހާރު މަޑުމަޑުން އިޤްތިޞާދު ހަމައަކަށް އެޅެމުންދިޔަނަމަވެސް، އަދިވެސް ޑޮލަރުގެ އަގު ކޯވިޑްގެ ކުރިން ހުރި ވަރަށް ގޮސްފައެއް ނުވެއެވެ. އެކަމާއި ގުޅިގެން މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑޮލަރުގެ ކަޅު ބާޒާރުތައް ވަނީ އުފެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު