ޝަރީއަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކުރެވިފައިވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވަނީތޯ ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ސުވާލު އުފައްދަވައިފިއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ގިނަ ކަންތައްތަކެއް ކުރަށްވާފައިވާކަމުގެ ތުހުމަތު ކުރީގެ ބައެއް ފަނޑިޔާރުން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވާކަމަށް އަމިއްލައަށް އިއުތިރާފްވާ ޓްވީޓްތަކެއްވެސް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ޑރ. ޝަހީދު ވަނީ މިފަދަ ބޮޑު ޖަރީމާއެއް ހިންގިކަމަށް އަލީ ޒާހިރު އަމިއްލައަށް އިއުތިރާފްވީމަވެސް އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވާ ތިއްބަވަނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. ޑރ. ޝަހީދުގެ ޓްވީޓުގައި މި ސުވާލު އަމާޒުކުރެއްވީ ރައީސް ސާލިހާއި، ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއަށެވެ.
ރާއްޖޭގެ ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އަލީ ޒާހިރަށް ކޮށްފައިވާއިރު، މިކަމާއި ގުޅޭގޮތުން މީގެކުރިން ދެއްކެވި ވާހަކަތަކުގައި އަލީ ޒާހިރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އޭނާއާ ގާތް ބައެއް ބޭފުޅުންވެސް ދަނީ އޭނާ ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އޭނާ މަޤާމުން ވަކިކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

Mi fadha bodu jareemaa eh hingi kamah @alixahir amilla ah i’thiraaf veema ves thiya thin beyfulhun hama evves fiyavalheh naalhuvaa thibbavanee thoa eve? @ibusolih @MohamedNasheed @evattey https://t.co/XwQKNEcQ0F
— Ahmed Shaheed (@ahmedshaheed) September 5, 2021
ރާއްޖޭގެ ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އަލީ ޒާހިރަށް ކޮށްފައިވާއިރު، މިކަމާއި ގުޅޭގޮތުން މީގެކުރިން ދެއްކެވި ވާހަކަތަކުގައި އަލީ ޒާހިރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އޭނާއާ ގާތް ބައެއް ބޭފުޅުންވެސް ދަނީ އޭނާ ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އޭނާ މަޤާމުން ވަކިކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު