އެއްވެސް ފަނޑިޔާރަކާއި ގުޅުއްވަން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ނާންގަވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ބޮމުގެހަމަލާ އަށްފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ޝަރުއީ ދާއިރާގެ އެއްވެސް ފަނޑިޔާރަކަށް ގުޅުއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު ނާންގަވާނެ ކަމަށެވެ. އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް އެމަނިކުފާނު އިތުބާރު ކުރައްވާ ކަމަަށާއި އެހެން ނަމަވެސް ކޯލިޝަންގަައި ހިމެނޭ އަދާލާތު ޕާޓީއާއި އެހެން ޕާޓީތަކަށް އިތުބާރެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު އެމްޑީޕީގެ މެމްބަރަކު ފަނޑިޔާރަކާއި ގުޅުއްވައިގެން އަދި ޚާއްސަކޮށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު އަޅުގަނޑު ޔަގީން ކަށަވަރު ފަނޑިޔާރަކާއި ގުޅުއްވާކަށް ދުވަހަކުވެސް މީހެއް ކައިރީގައި ވިދާޅެއް ނުވާނެ، އަދި އެމްޑީޕީގެ މެމްބަރަކު ވެސް ފަނޑިޔާރަކާއި ގުޅުއްވައިގެން ނޫޅުއްވާނެ." ރައީސް ސާލިޙު އަންގަވައިގެން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައީސް ޔާމިންގެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރަތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ފަނޑިޔާރުންނަށް ގުޅައި ނުފޫޒު ފޯރުވުމަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫން ކަމަށެވެ.

"ދެން އެހެން ޕާޓީތަކުގެ މެމްބަރުންނަކީ ފަނޑިޔާރުންނާއި ގުޅުއްވައިގެން އެކި ބާވަތް ބާވަތްތަކުގެ ވާހަކަތައް ދައްކާ އެއީ އެބޭފުޅުންނަށް ގަބޫލު ކުރެވޭ ނިޒާމެެއް ކަމަށް ވެދާނެ، އެއީ އަޅުގަނޑު ކުޑަކޮށް ވެސް ގަބޫލު ކުރާނެ ނިޒާމެއް ވެސް ނޫން." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު