ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު އެންމެ ޕީކާއި ދިމާއަށް މިސްރާބު ޖަހާފައިވާ ކަމުގެ ބިރާއެކު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ 900 ފަހަނައަޅައި ހިނގައްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިރޭ 9:00 އާ ހަމައަށް އަދާހަމަ ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ ވަނީ، 904 އަށް އަރާފައެވެ.
ރާއްޖެއިން ވޭތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 07 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 03 މީހަކާއި، 02 ދިވެހިންގެ އިތުރުން އިންޑިއާ 02 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބަށް ބަލާއިރު، ރާއްޖެއިން މި ބަލި ޖެހިފައިވާ 904 މީހުންގެ ތެރެއިން 495 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި ދިވެހިންގެ ޢަދަދު އުޅެނީ، 304 ގައެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، މިވަގުތު ހޮސްޕިޓަލްގައި ދަނީ 14 މީހަކަށް ފަރުވާ ދެމުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ 03 މީހުންނާއި، ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ 11 މީހުންނެވެ. މީގެ ތެރެއިން ޙާލު ދެރަވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދަނީ 04 މީހަކަށެވެ.
މިއަދާ ހަމައަށް ކޯވިޑް-19 ޖެހިގެން 03 މީހުން ވަނީ ރާއްޖެއިން މަރުވެފައެވެ. އެއީ 02 ދިވެހިންނާއި، ބަނގްލަދޭޝް މީހެކެވެ.
ސިއްހީ ތަޖުރިބާކާރުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިބަލި އެންމެ ޕީކަށް ދާނީ މިހިނގާ މެއި މަހުގެ 30 އާއި 31 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު