ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީއަށް ހޯދި މަހާޖައްރާފަށް ދިވެހި ކެޕްޓަނެއް ހޯދަން އިއުލާން ކޮށްފިއެވެ.
އެމްޓީސީސީގެ އިއުލާންގައިވާ ގޮތުން ކެޕްޓަންގެ މަގާމަށް ހޮވޭ މީހަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 109000 ރުފިޔާ ލިބޭނެއެވެ. އަދި އެހެން އެލަވެންސްގެ ގޮތުގައި ޕެންޝަން ސްކީމާއި ސްޓާފް މެޑިކަލް އިންޝުއަރެންސުގައި ބައިވެރިވެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ އިއުލާންގައި މަހާޖައްރާފުގެ ކެޕްޓަނުގެ މަޤާމަށް ކުރިމަތިލެވޭނެ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. އަދި އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް، މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދި ހުށަހެޅޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
މަހާޖައްރާފަށް ދިވެހި ކެޕްޓަނެއް ހޯދަމުންދައިރު، އެމްޓީސީސީއަކީ ދިވެހީން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަހާޖައްރާފުގައި މަސައްކަތްކުރަމުން އަންނަނީ މުޅިން ވެސް ދިވެހިންނެވެ.
ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގުމުގެ ޤާބިލުކަން ލިބިފައިވާ މަހާ ޖައްރާފަކީ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އުޅަނދެކެވެ. މި އުޅަނދަށް އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެއެވެ. އަދި މިއީ ތިމާވެއްޓަށް ގެއްލުން ނުވާފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.
އެމް.ޓީ.ސީ.ސީން ވަނީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަހާ ޖައްރާފު ބޭނުންކޮށްގެން ޖުމްލަ 13 މަޝްރޫޢެއް ހިންގާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ހޯރަފުއްޓާއި ށ. ފުނަދޫގެ އެއަރޕޯޓު އެޅުމަށް ބިން ހިއްކާފައިވަނީވެސް މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު